ކާނުތައް ސާފުކުރުމުގެ 60 އިންސައްތަ މަސައްކަތް ނިމިއްޖެ: މޭޔަރު ޢާޒިމް

Loading

June 22, 2025
profile
Facebook
Twitter
WhatsApp

މާލެ ސިޓީގެ މަގުތަކުގެ ކާނުތައް ސާފުކުރުމަށް، މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މާލެ ސިޓީ ކައުންސިލުން ކުރަމުން އަންނަ މަސައްކަތުގެ ތެރޭން 60 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް، މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

މޭޔަރު މިފަދައިން ވިދާޅުވީ، ލޮނުޒިޔާރަތްމަގުގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވައިލެއްވުމަށްފަހު މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައެވެ.

މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަކީވެސް ކާނުތައް ފުރިގެން ދިމާވާ މައްސަލައެއްކަން މޭޔަރު ވަނީ ފާހަގަކުރައްވާފައެވެ.

މޭޔަރު އިތުރަށް ވިދާޅުވީ، މި އަހަރު ނިމުމުގެ ކުރިން މާލޭގެ ހުރިހާ މަގެއްގެ ކާނުތައް ސާފުކޮށް ނިންމުމަކީ ސިޓީ ކައުންސިލުން ކަނޑައަޅާފައިވާ އަމާޒެއް ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް