ގެއެއްގެ ދެވަނަ ފަންގިފިލައިން ވެއްޓުނު އަންހެނަކަށް ފަރުވާދެނީ

Loading

June 22, 2025
profile
Facebook
Twitter
WhatsApp

މާލޭގެ ގެއަކުން ރޭ ފަތިހުގެ ވަގުތެއްގައި ވެއްޓުނު އަންހެންނަކަށް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި ފަރުވާދެމުންދާކަމުގެ މަޢުލޫމާތު
ލިބިއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި މައްޗަންގޮޅީގައި ހުންނަ ގެއެއްގެ ދެވަނަ ފަންގިފިލައިން ވެއްޓިފައިވަނީ އުމުރުން 42 އަހަރުގެ ދިވެހި އަންހެނެކެވެ.

ރޭ ފަތިހު 4.00ހާއިރު ވެއްޓުނު އެ މީހާއަށް އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނައިރު، ފުލުހުން ބުނީ އޭނާގެ ފައިގެ ކުޑަހުޅު ނެއްޓި، ކަށިގަނޑު ބޭރަށް ނިކުމެފައިވާކަމަށެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުން ކަމަށްވާތީ، އިތުރު ތަފުސީލެއް ދީފައެއް ނުވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް