އިސްރާއީލާ ގުޅިގެން އީރާނަށް ހަމަލާދޭން ރައީސް ޓްރަމްޕް ވިސްނަވަނީ

Loading

Facebook
Twitter
WhatsApp

އިސްރާއީލުން އީރާނަށް ދެމުންގެންދާ ހަމަލާތަކުގައި އެމެރިކާއިން ބައިވެރިވެގެން އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށް ހަމަލާދޭން އެމެރިކާގެ ރައީސް ވިސްނަވަމުން ގެންދަވާކަމަށް މައުލޫމާތު އެނގޭފަރާތަކުން ސީ ބީ އެސް އަށް ކިޔާދީފިއެވެ. އެމެރިކާއިން ގަސްދުކުރާ އެއް އަމާޒަކީ އީރާނުގެ ފޯރޑޯގެ ބިމުއަޑީގައިހުރި އީރާނުގެ ނިއުކްލިއަރ ސައިޓްތަކެވެ.

ސީ ބީއެސް އަށް މައުލޫމާތު ދިން އެމެރިކާގެ އޮފިޝަލުންގެ ތެރޭގައި ދިފާއީ ވުޒާރާގެ އޮފިޝަލުންވެސް ހިމެނޭކަމަށް ބުނެފައި ވެއެވެ. އެހެންނަމަވެސް އެކަންކުރާނެގޮތަކާ ދޭތެރޭ ރައީސް ޓްރަމްޕްގެ އެޑްވައިޒަރުންނަށް މިހާތަނަށް އެއްބަސް ވުމަކަށް އާދެބިފައެއް ނުވެއެވެ. އެ ކަމާ ބެހޭގޮތުން މިއަންނަ އަންގާރރަދުވަހު ވައިޓްހައުސްގައި އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ ޓީމްގެ މަޝްވަރާތަކެއް އޮންނާނެއެވެ. 

ފޯރޑޯ އަކީ ފަރުބަދައިގެ 300 ވަރަކަށް ފޫޓު އަޑީގައި ވަރަށްބޮޑަށް ދިފާއީ ފިޔަވަޅުތައް އަޅާފައިހުރި ސައިޓެކެވެ. އީރާނުން ނިއުކްލިއަރ ހަތިޔާރު އުފައްދަން ރާވާފައިވާ ސަރަހައްދަކީ މިއީ ކަމަށް ނިއުކްލިއަރ ތަޖްރިބާކާރުންނާއި އައިއޭއީއޭ ގެ “ ފާރަ ކުއްތާ “ ބުނަމުން ގެންދެއެވެ.                                    

އީރާނުގެ މިސައިލް ހަމަލާތައް ޖައްވުތެރެއަށް ނައްތާލަން އެމެރިކާއިން އެހީތެރިކަން ފޯރުކޮށްދެމުންގެންދާކަމަށް ސީ ބީ އެސް އިން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ. އެހެންނަމަވެސް އެމެރިކާއިން ތަކުރާރުކޮށް ބުނަމުން ގެންދަނީ މިހާތަނަށް އެމެރިކާއިން އެއްވެސް ސިފައެއްގައި ބައިވެރިވެފައި ނުވާނެ ކަމަށެވެ. އެމެރިކާގެ ވާހަކަތައް ކޮންމެގޮތަކަށް ހުރި ކަމުގައި ވިޔަސް އިސްރާއީލާއެކު ބައިވެރިވެގެން އީރާނަށް ހަމަލާ ނުދޭނެ ކަމަށް އެއްފަހަރު ވެސް ޓްރަމްޕް ވިދާޅުވެފައެއް ނުވެއެވެ.                                            

މިދިޔަ އަންގާރަ ދުވަހު ރައީސް ޓްރަމްޕްގެ ޓުރުތު ޕްލެޓްފޯރމުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އީރާނުގެ ނިއުކްލިއަރ މަޝްރޫއާބެހޭ ހުރިހާ މައުލޫމާތަކާއި ސުޕްރީމް ލީޑަރ އާޔަތު ﷲ އަލީ ޚާމަނާއި އުޅުއްވާތަނެއް ވަރަށް ރަނގަޅަށް އެމެރިކާއަށް އެނގޭ ކަމަށެވެ. އެކަމަކު މިވަގުތު ޚާމަނާއި ޝާހީދުކޮށްލުމުގެ ވިސްނުމެއް ނެތްކަށް ވިދާޅުވިއެވެ. މީގެ ކުރިން ރައީސް ޓްރަމްޕް ވަނީ އާޔަތު ﷲ އަލީ ކާމަނާއިގެ ފުރާނަ ފުޅަށް ގެއްލުމެއް ދިނުމަށް އިންކާރު ކުރައްވާފައެވެ.                                          

އެމެރިކާގެ ރައީސް ގެ ވިސްނުންފުޅުގައި އީރާނުގެ ނިއުކްލިއަރ މަޝްރޫއު ހިންގާކަމަށް ޝައްކު ކުރެވޭ ފޯރޑޯއަށް ހަމަލާދީނުމަށް ރާވަމުންގެންދާއިރު ސައޫދީ އެރޭބިޔާއާއި ކުވެތާއި އަދި ގަތަރުން އިއުލާން ކޮށްފައިވަނީ އީރާނަށް ހަމަލާ ދިނުމަށްޓައި އެއިން ގައުމެއްގެ ސަރަހައްދު ބޭނުންކުރަން ހުއްދަ ނުދެއްވާނެ ކަމަށެވެ.            

އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށް ހަމަލާ ދިނުމާ ދޭތެރޭ ކުރިއަށް އޮތް 2 ހަފުތާގެ ތެރޭގައި ގޮތެއް ނިންމަވާނެކަމަށް ރައީސް ޓްރަމްޕް ވިދާޅުވެއްޖެއެވެ.                                      

އެމެރިކާގެ ބަންކަރ ބަސްޓަރގެ ނަމުން މަޝްހޫރު ވެފައިވާ 13600 ކިލޯގްރާމްގެ ބޮމަކީ ވަރުގަދައަށް ހަދާފައިހުންނަ ބިންގަރާސްތައް ގޮއްވާލުމަށް އެމެރިކާގެ އެއާރފޯސް އިން ބޭނުންކުރާ އެންމެ ބާރުގަދަ ހަތިޔާރެވެ. ބުނެވޭގޮތުގައި އެ ބޮން ގޮވުމުގެ ކުރިން 200 ފޫޓު ބިމުގެ އަޑިއަށް ދަތުރު ކުރާނެއެވެ. އަދި އެމެރިކާ އެއާރފޯސްގައި މެނުވީ އެ ބަރުދަން އުފުލޭވަރުގެ ބޮންއަޅާބޯޓެއް ނެތެވެ.

Loading

One Response

  1. Allah hurihaa kameh dheki dhenevodogenvaane, Allah iraadhafulhun thibunaa bon hifaigen dhaa ulhadhaa ekeega jahvuthereyga fanaavegen dhaane. Aameen

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް