ހަވާދުލީ އަލުވި

Loading

June 20, 2025
profile
Facebook
Twitter
WhatsApp

ބޭނުންވާ ތަކެތި:
1 ކިލޯ އަލުވި
2 ފިޔާ (މެދު ސައިޒުގެ)
2 ހިކިމިރުސް
1/4 ސައިސަމުސާ ރީނދޫ
1/4 ސައިސަމުސާ މުގުރި އަސޭމިރުސް
1/4 ސައިސަމުސާ ލޮނުމިރުސް ހަވާދު
ލޮނު

ތައްޔާރުކުރާނެ ގޮތް:
ރިހަޔަށް ކޮށާގޮތަށް އަލުވި ކޮށާފައި ލޮނުކޮޅެއް ލައިގެން ފެނުކައްކާލާށެވެ. އަލުވިތައް މަޑުވުމުން ބާލާފައި ފެން ފުރާނާލާށެވެ.
ފިޔާ ތުނިކޮށް ކޮށާފައި، ހިކިމިރުސް ބޮޑެތިކޮށް ބުރިކޮށްލާށެވެ.
ލޮނާއި ރީނދޫ އަޅައިގެން ތެޔޮފޮދެއްގައި ފިޔާ މީރުކޮށްލާށެވެ.
އެއަށްފަހު ލޮނުމިރުސް ހަވާދު، އަސޭމިރުސް، އަޅައި އެއްކޮށްލާފައި އަލުވިކޮޅު އަޅައިގެން ރަނގަޅަށް އެއްކޮށްލާށެވެ. މި ގޮތަށް ފަސްވަރަކަށް މިނިޓު ވަންދެން އެއްކުރަމުން ކައްކާލާފައި އުނދުންމަތިން ބާލާށެވެ.

ނޯޓް:
މުގުރިހަ، ކިރުގަރުދިޔަ ނުވަތަ ހަމައެކަނި ރޮއްޓާއެކު ކާންވެސް މި އަލުވި ވަރަށް މީރުވާނެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް