އެ އަންހެންމީހާ އޮފީހަށް ދާއިރު ކޮންމެ ދުވަހަކުވެސް އޮފީހުގެ ބޭރުގައި ކުޑަފިރިހެން ކުއްޖަކު އިށީދެލައިގެން އިނދެއެވެ.ގަޔަށް އެއްޗެއް ނުލާ ފައިވާނަކަށްވެސް ނާރާ އިންނަ ކުއްޖެކެވެ. މި ކުއްޖާފެންނާތީ އަންހެންމީހާގެ ހިތަށް ވަރަށް އަސަރުކުރެއެވެ.
އެއަންހެންމީހާ އަކީ މާތަނަވަސް މީހެއްނޫނެވެ. ނަމަވެސް ކޮންމެ ދުވަހަކުވެސް މެންދުރުގެ ދެކެއުން ހިފައިގެން އޮފީހަށް ދާން އޭނާ އާދައަކަށް ހަދައިފިއެވެ. އޭނާއަށާ އެކުޑަކުއްޖާ އަށެވެ. ކެއުން ދިނުމަށްފަހު އެއަންހެންމީހާ އޯގާތެރިކަމާއިއެކު ބުނެއެވެ.ކޮއްކޯ އަވަހަށް ކާލާށެވެ. ގައިގަވަރުޖެހި އަވަހަށް ބޮޑުވާނީ އޭރުންނެވެ.
އަންހެންމީހާ އެކުއްޖާގެ ނަމެއްވެސް އެހެން މައުލޫމާތެއްވެސް ނާހައެވެ.
މިގޮތުގައި އަހަރު ތަކެއް ވެއަތުވެ ހިނގައްޖެއެވެ. އަންހެންމީހާ އަށް ވަޒީފާގައި ހުރެވޭ މުއްދަތު ހަމަ ވުމުން އޭނާ ވަޒީފާ އިން ވަކިވެއްޖެއެވެ. އެހާހަމައިން އަންހެންމީހާ އަށް އުޅެން ޖެހުނީ ވަރަށް ދަތި ހާލުގައެވެ.
މިހެން އުޅެނިކޮށް އެއްދުވަހަކު އޭނާއުޅޭ ގެއައިރިޔަށް ކަޅުކުލައިގެ ބޮޑު ކާރެއް އައިސް މަޑުކޮށްލިއެވެ.އަދި ކާރުން ފައިބައިގެން އައި ރީތި ޒުވާނަކު އެގެޔަށް ވަދެގެން އަޔެވެ.އޭނާޔަށް އަންހެން މީހާ ފެނުމާއި އެކު އޭނާއަށް ރޮވުނެވެ.އަންހެން މީހާ ހުރި ނިކަމެތި ހާލުން އޭނަގެ ހިތަށް އަސަރު ކޮށްގެންނެވެ.
އަންހެންމީހާއަށް އެއީ ކާކުކަން ފުރަތަމަ ނޭގުނެވެ. ނަމަވެސް ކައިރިޔަށް އައިމަ ރަނގަޅަށް ބަލާލުމުން އެއީ ކާކުކަން އެނގުނެވެ. އެއީ އޭނާގަވާއިދުން ކާންދެމުން އައި ކުއްޖާއެވެ. މިހާރު ބޮޑުވެ ފުރާފުރިހަމަވެ ވަނީ ބޮޑު ފައިސާވެރިއަކަށް ވެފައެވެ.
އެވަގުތު ޒުވާނާ ވާހަކަ ދައްކަން ފެށިއެވެ. އަހަރެންނަށް އެއްވެސް މީހަކު ކާއެތިކޮޅެއްވެސް ނުދީ އަޅާވެސް ނުލާ ދޫކޮށްލާފަ ހުރި ދުވަހު އަހަރެންނަށް ކާންދިނީ ތިޔަ ދައްތައެވެ. އަހަރެންނަށް ގަވާއިދުން ކާން ލިބެން ފެށުމުން އަހަރެންގެ ހިއްވަރު އާވެ، ކިޔަވަން ދާން ފެށީމެވެ. ސަރުކާރު ސްކޫލުން ހިލޭ ކިޔެވޭތީ އެތަނުން ކިޔަވާ އެއްވަނައިގައި ފާސްވުމުން އަހަރެންނަށް މަތީ ތައުލީމަށް ކިޔަވަން ސްކޮލާޝިޕް ލިބުނެވެ. ކިވަޔައިގެން އައިސް އަހަރެން ވިތަފާރިއެއް ފެށީމެވެ.އަދި މިއަދު އަހަރެން މިވަނީ ފައިސާވެރިއަކަށް ވެފައެވެ.
މިހުރިހާ ދުވަހުވެސް އަހަރެން ދައްތަގެ މަތިން ހަނދާން ކުރަމެވެ.އަދި ދައްތަޔަށް ހަދިޔާއެއް ދިނުމަށް އަބަދުވެސް ވިސްނަމެވެ. އެންމެ ފަހުން އަހަރެން ނިންމީ ދައްތަޔަށް ރެސްޓޯރެންޓެއް ގަނެދިނުމަށެވެ.އޭރުން ދައްތަޔަށްވެސް ބޭނުން އިރަކުން ބޭނުން އެއްޗެއް ކާން ލިބޭނެއެވެ. އަމެވެ.މިއޮތީ ރެސްޓޯރަންޓުގެ ތަޅުދަނޑިއެވެ. އެތަނުގައި މުވައްޒަފުން ހަމަވާނެއެވެ. ކާބޯތަކެތީގެ ސްޓޮކް ހުންނާނީ ފުރާލާފައެވެ. ތަންހިންގަން މެނޭޖަރުން ނާ އެހެން މުވައްޒަފުން ތިބޭނެއެވެ.ދައްތަ އެއްވެސް ކަމެއް ކުރާކަށް ނުޖެހޭނެއެވެ. ދައްތަ އަހަރެންނަށް ކާން ދިނުމުން މިއަދު އަހަރެން ދައްތައަށް ކާންދޭން ބޭނުމެވެ.ދައްތަ މަރުވަންދެނެވެ.
އަންހެންމީހާ ބުނާނެ އެއްޗެއްވެސް ނޭގިފަ ހުއްޓެވެ. ލިބުނު ހަދިޔާގެ ބޮޑުކަމަކުން ނޫނެވެ. ދުނިޔޭގެ ކަންތައްތައް ހިނގާގޮތާމެދު ހައިރާން ވެގެނެވެ.
މިވާހަކައިންވެސް ލިބޭ އިބްރަތަކީ ކޮށްފި ހެޔޮކަމެއް ގެއްލި ނުދާނެއެވެ.