އިޒްރޭލުން އިރާނަށް ދިން ހަމަލާގައި އެންމެ ފުރަތަމަވެސް އަމާޒަކަށް ހަދާފަ އޮތީ އުމުރުފުޅުން 80 އަހަރުގެ ސުޕްރީމް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއި އަވަހާރަކޮށްލުން ކަމަށް ޚަބަރުތަކުގައި ބުނެފައި ވެއެވެ. ނަމަވެސް މި ޕްލޭން ބަދަލު ކޮށްފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމް އެކަން ކޮށްގެން ނުވާނެ ކަމަށް ވިދާޅުވެ އެކަމަށް ހުރަސް އެޅުއްވުމުންނެވެ.
މިހާރު އުފެދޭ ސުވާލަކީ ޚާމަނާއީ އަކީ ކޮން ބޭފުޅެއް ހެއްޔެވެ؟ އަދި އިޒްރޭލުން ޚާމަނާތީ އަވަހާރަ ކޮށްލުމުގެ މަގްސަދަކީ ކޮބާހެއްޔެވެ.؟
އަލީ ކާމަނާއީ އަކީ އިރާނުގެ ހެޑް އޮފް ސްޓޭޓް އެވެ. ނުވަތަ ދައުލަތުގެ އެންމެ މަތީ ވެރިޔާއެވެ.ސިޔާސީ ގޮތުން އަދި ދީނީ ގޮތުންވެސް އެންމެ އިސް ލީޑަރެވެ. އެހެން ކަމުން ހެޑް އޮފް ސްޓޭގެ ހައިސިއްޔަތުން ޚާމަނާއީ ހުންނަވަނީ ރައީސް މަސޫދު ޕެޒެޝްކިއާން އަށްވުރެވެސް މަތީގައެވެ.ޚާމަނާއީ އެމަގާމް ފުރުއްވާތާ މިހާރު ތިރީސް އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.
ގައުމުހިންގުމުގެ ކަންކަމުގައި އާދަޔާ ޚިލާފް ބޮޑަށް ބާރު ލިބިވަޑައިގެން ހުންނެވުމުގެ އިތުރުން ޚާމަނާއީ އަކީ 1979 ވަނަ އަހަރު އިރާނުގެ ކޮންޓްރޯލް އަތުލި ދީނީ ރެޖީމްގެ އެންމެ އިސް ލީޑަރުވެސް މެއެވެ.“އިސްލާމިކް ރިވޮލިއުޝަން“ އަކީ އޭރުއޮތް ޝާހް ރެޒާ ޕެހްލަވީގެ ރަސްކަން ނިމުމަކަށް ގެނެސް ދީނީފިކުރުގެ ރިޕަބްލިކް އެއް ގާއިމް ކުރުމަށް ކުރެވުނު މަސައްކަތެވެ. އެދުވަހުން ފެށިގެން މިހާތަނަށް ސުޕްރީމް ލީޑަރުންގެ ގޮތުގައި ތިއްބެވީ ދެބޭފުޅުންނެވެ.
ސުޕްރީމް ލީޑަރުގެ ހައިސިއްޔަތުން އަލީ ޚާމަނާއީ އަކީ ހަތިޔާރު އެޅި ބާރު ތަކުގެ އިތުރުން ހިންގުމުގެ ތިން ބާރު ކަމަށްވާ ޖުޑީޝަރީ، ގާނޫނު ހަދާ މަޖިލީސް އަދި އެގްޒެކެޓިވް ބާރުގެވެސް ވެރިޔާއެވެ.
މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ ތާއީދާއެކު ރައީސްއަކުވެސް އައްޔަން ކުރައްވާނީ ސުޕްރީމް ލީޑަރެވެ.އެސެމްބްލީ އޮފް އެކްސްޕާޓުންގެ މެމްބަރުންގެ ތެރެއިން ހޮވާ ޗީފް ޖަސްޓިސް ވެސް އިޚްތިޔާރު ކުރައްވާނީ ސުޕްރީމް ލީޑަރެވެ.މީގެ އިތުރުން މިނިސްޓަރ އޮފް ޑިފެންސް، އިންޓެލިޖެންސް، ފޮރިން އެފެއާސް، އިންޓީރިއަރ މިނިސްޓަރ އަދި ސައިންސް މިނިސްޓަރު ގެ މަގާމަށް މީހުން ހަމަޖައްސާނީވެސް ސުޕްރީމް ލީޑަރެވެ.
މީގެ އިތުރުންވެސް ވަރަށް ގިނަ އިސް މަގާމުތަކަށް މެމްބަރުން ހޮވުމުގެ ބާރު އޮންނަނީ ސުޕްރީމް ލީޑަރަށެވެ. އޭގެތެރޭގައި ހަތިޔާރު އެޅި ބާރުތަކުގެ ވެރިޔާ، މީޑިޔާ ޗީފް، އިންޓެލިޖަންސް ޔުނިޓް އަދި ކައުންޓަރ އިންޓެލިޖަންސް ޔުނިޓްގެ ވެރިން، ޝަހީދުނގެ ކަންކަންބަލާ ފައުންޑޭޝަން ގެ ވެރިޔާ ގެ އިތުރުން ވަރަށް ގިނަ އިދާރާތައްހިމެނެއެވެ.
ނަތަންޔާހޫ ކަންބޮޑުވަނީ އަލީ ޚާމަނާއީ އަކީ އަސްކަރިއްޔާގެ ކޮމާންޑަރ އިންޗީފް އަށް ވާތީއެވެ. އަދި އެމެރިކާގެ މަދަދާއެކު މިކަން ބަދަލު ކުރަން ނިކުތީ މިސަބަބަށް ޓަކައެވެ.
އަލީ ޚާމަނާއީ ހުންނެވި ތަނެއް ”އަހަރުމެންނަށް“ އިނގޭ ކަމަށް ޓްރަމްޕް ވިދާޅުވުމާއި ގުޅިގެން ހާމަނާއީ މިއަދު ވަނީ އެކްސްގައި އެތައް ޕޯސްޓް ތަކެއް ކުރައްވާފައެވެ. އެތައް ބަހަކުން ލިއުއްވަމުން ޚާމަނާއީ ވަނީ އޭނާ ދުވަހަކުވެސް ޒަޔަނިސްޓުންނަށް ދޫނުދެއްވާނެ ކަމަށް ވިދާޅުވެފައެވެ.އަދި ޒަޔަނިސްޓުންނަށް ރަހުމް ކުރުމެއް ނެތް ކަމަށާ ހަނގުރާމަ މިފެށުނީ ކަމަށް ލިއުއްވާފައި ވެއެވެ.
މިއީ ހަމަލާތައް ފެށުނު ފަހުން ޚާމަނާއީ އެކްސްގައި ލިއުއްވި ފުރަތަމަ ފަހަރު ކަމަށް ވެއެވެ.
19 އެޕްރިލް 1939 ގައި ދުނިޔޭގެ އަލިކަން ދެކެވަޑައިގެންފައިވާ އަލީ ޚާމަނާއީގެ މިހާރުގެ އުމުރަކީ 86 އަހަރެވެ. ނަމަވެސް ވިދާޅުވެފައިވަނީ އުމުރުފުޅުން އަށްޑިހައިން މަތިވެފައިވީނަމަވެސް ހިތް ހަމަ ވިހި އަހަރު ފަދަ ކަމުގައެވެ.