އިންޑޮނިޝީޔާގެ އެންމެ ހަރަކާތް ގިނަ އެއް އަލިފާން ފަރުބަދަ ގޮވުމާއި ގުޅިގެން ބާލީ ޖަޖީރާ އަށް ޖައްސަން އަދި އެތަނުން ފުރަން އޮތް ފްލައިޓް ތައް ކެންސަލް ކޮށް މުޅި އެސަރަހައްދު ބަންދު ކޮށްފިއެވެ.
އިންޑޮނީޝިޔާގެ ފްލޮރެސް ޖަޒީރާގައި ހުންނަ އަލިފާން ފަރުބަދަ ”މައުންޓް ލެވޮޓޯބީ ލަކިލަކި“ އަންގާރަދުވަހު ހަވީރު އެތާގަޑިން ހަވީރު ފަސްގަޑިތިރީސް އެހާކަންހާއިރު ގޮވުމާއި އެކު، 11 ކިލޯމީޓަރެއްހާ މައްޗަށް އަޅިއާއި ދުން އަރާފައިވެއެވެ.
މި ހާދިސާ އާއި ގުޅިގެން ސަރުކާރުންވަނީ ސަމާލުކަމުގެ ލެވެލް އެންމެ މައްޗަށް ޖައްސާފައެވެ. އަދި ހުރިހާއެންމެންވެސް ފޭސްމާސްކް އަޅައިގެން އުޅުމަށާ، ގޮވި ހިސާބާއި 7 ކިލޯމީޓަރަށް ވުރެ ކައިރިޔަށް ނުދިއުމަށް ވެސް އާންމުންނަށް ދަނީ އަންގަމުންނެވެ.މީގެ އިތުރުން ވާރޭވެހި ދިމާވެދާނެ ދަތިތަކަށް ސަމާލުވުމަށް ވެސް ދަނީ އަންގަމުންނެވެ.
އިންޑޮނީޝިޔާއަށް ކުރަން އޮތް ދަތުރުތައް ކެންސަލް ކުރި އެއާލައިން ތަކުގެ ތެރޭގައި އެއާ އިންޑިޔާ،އެއާ ނިއުޒިލަންޑް،ޖެޓްސްޓާ،ޖުނެޔާއޯ އެއާލައިންސް، ސިންގަޕޯއެއާލައިންސް،އަދި ވާޖިން އޮސްޓްރޭލިޔާ ހިމެނެއެވެ.
ބުދަ ދުވަހުގެ މެންދުރެއްހާއިރުގެ ފްލައިޓް ޑާޓާ ދައްކާގޮތުން މިއަދު ބާޅީ އަށް ކުރަން އޮތް ،އަދި ބާލީ ފުރަން އޮތް 20 ފްލައިޓް ވަނީ ކެންސަލް ކޮށްފައެވެ.
ފަރުބަދަ ގޮވި ޕްލޮރެސް އޮންނަނީ ބާލީގެ ހުޅަގުން ވަރަށް ގާތުގައެވެ.
ފްލޮރެސްގެ އަލިފާން ފަރުބަދަ އެންމެ ފަހުން ގޮވާފައިވަނީ މިދިޔަ ނޮވެމްބަރު މަހުއެވެ.އެފަހަރު ނުވަމީހުން ވަނީ މަރުވެފައެވެ.
![]()
