މާލޭން ގެއްލިގެން ހޯދަމުންދިޔަ ޒުވާން އަންހެންކުއްޖާ ފެނިއްޖެ ކަމަށް ފުލުހުން މަޢުލޫމާތުދީފިއެވެ.
ފުލުހުން ބުނީ، އޭނާ ފެނިފައިވަނީ މާލޭން ކަމަށާއި، އޭނާގެ ހާލު ރަނގަޅު ކަމަށެވެ.
އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ޖޫން 17ވަނަ ދުވަހުގެ މެންދުރުފަހު 1:00 ހާއިރު ކަމަށާއި، އެ ވަގުތުން ފެށިގެން އޭނާ ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ، ޢާއިލާއިން މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ޖޫން 16ވަނަ ދުވަހުގެ ރޭ ގޭން ނުކުތް ފަހުން އޭނާގެ ޚަބަރެއް ވެފައި ނުވާތީ ކަމަށެވެ.