އެޑެކްސެލްއާއި އެޗްއެސްސީގައި އަމިއްލަގޮތުން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

Loading

June 17, 2025
profile
Facebook
Twitter
WhatsApp

މި އަހަރުގެ ސެޕްޓެމްބަރު އަދި އޮކްޓޯބަރު މަހު ބާއްވާ އެޑެކްސެލް އޭލެވެލް އަދި އެޗްއެސްސީ އިމްތިޙާނުގައި އަމިއްލަގޮތުން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ބުނީ، މި އިމްތިޙާނުތަކުގައި އަމިއްލަގޮތުން ބައިވެރިވާން އެދޭ ދަރިވަރުންނަށް ފޯމު ދޫކުރުމާއި ފައިސާ ބަލައިގަތުން ޖުލައި މަހުގެ 10 ވަނަ ދުވަހުގެ މެންދުރު 12.00އާ ހަމައަށް ކުރިއަށްދާނެ ކަމަށެވެ.

އެ ޑިޕާޓްމަންޓްގެ ކައުންޓަރުންނާއި އަދި ވެބްސައިޓް www.dpe.edu.mv އިން ފޯމު ލިބެން ހުންނާނެކަމަށާއި، އަދި އޮންލައިންކޮށް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް [email protected] އަށް މެއިލްކުރެވޭނެ ކަމަށްވެސް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ބުނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް