ޙައްޖުވެރިންނަށް ޚާއްޞަ ފްލޫ ކްލިނިކްތަކެއް

Loading

June 17, 2025
profile
Facebook
Twitter
WhatsApp

ޙައްޖުން އެނބުރި އަންނަ މީހުންނަށް ޚާއްޞަކޮށްގެން މާލޭ ސަރަހައްދުގައި ފްލޫ ކްލިނިކްތަކެއް ހުޅުަވާފައި ވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނެފިއެވެ.

އެޗްޕީއޭން ބުނީ، މި ކްލިނިކްތައް ހުޅުވާފައިވަނީ އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އާއި ހުޅުމާލޭ ހޮސްޕިޓަލުގައި ކަމަށެވެ.

މިގޮތުން، އައިޖީއެމްއެޗްގައި ހުޅުވާފައިވާ ކްލިނިކުން ކޮންމެ ދުވަހަކު ހެނދުނު 10.00ން ރޭގަނޑު 10.00ށް، އަދި ހުޅުމާލޭ ހޮސްޕިޓަލުގައި ހުޅުވާފައިވާ ކްލިނިކުން (ހުކުރު ދުވަސް ފިޔަވައި) ކޮންމެ ދުވަހެއްގެ މެންދުރުފަހު 2.00ން ރޭގަނޑު 8.00ށް ޚިދުމަތް ދޭނެކަމަށް އެޗްޕީއޭން ބުނެއެވެ.

ޙައްޖުން އެނބުރި އަންނަތާ 14 ދުވަހުގެ ތެރޭގައި ހުންއައުން، ކެއްސުން، ނޭވާލާން އުނދަގޫވުން، މޭގައި ރިއްސުން، ނުވަތަ އެހެންވެސް ބައްޔެއްގެ އަލާމަތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށްވެސް އެޗްޕީއޭން ވަނީ އިލްތިމާސްކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް