މަސްތުވާތަކެތީގެ މައްސަލައެއްގައި ރ. އިނގުރައިދޫން 62 އަހަރުގެ މީހަކު ހައްޔަރުކޮށްފިއެވެ.
ހައްޔަރުކޮށްފައިވަނީ ދަފްތަރު ނަމްބަރު 2689، ޢަލީ ޝަރީފެވެ.
ފުލުހުން ބުނީ، ރ. އިނގުރައިދޫގައި ހިންގި އޮޕަރޭޝަނެއްގައި އޭނާ ހައްޔަރުކުރީ، ޑްރަގް ގެންގުޅެ، އެތަކެތި ބޭނުންކޮށް، އެތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ.
އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު، ޑްރަގް ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 4 ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އޭނާ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދަށް ވަނީ 10 ދުވަސް ޖަހައިދީފައެވެ.