ވަގަށް ނަގާފައިވާ ސައިކަލަކާއި އިތުރު ސާމާނުތަކަކާއެކު މީހަކު ހައްޔަރުކޮށްފި

Loading

June 16, 2025
profile
Facebook
Twitter
WhatsApp

ވަގަށް ނަގާފައިވާ ސައިކަލަކާއި އިތުރު އެހެން ސާމާނުތަކަކާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ރ. އަލިފުށި / ހަބީބީހެޕް، އިސްމާޢީލް ސާއިފް (39 އ)އެވެ.

ފުލުހުން މަޢުލޫމާތު ދިންގޮތުގައި، އޭނާ ހައްޔަރުކުރީ، މި ޖޫން މަހުގެ 13ވަނަ ދުވަހު މާލެތެރޭގައި ޕެޓްރޯލްކުރަމުންދިޔަ ފުލުހުންނަށް އޭނާގެ ޢަމަލުތައް ހުރިގޮތުން ޝައްކުކުރެވިގެން ހުއްޓުވައި ބެލިބެލުމުގައި، އޭނާ އަރައި އިން ސައިކަލަކީ ވަގަށް ނަގާފައިވާ އެއްޗެއްކަން އެނގުމުން ކަމަށެވެ.

އަދި އޭނާ ބަލައިފާސްކުރިއިރު ވަގަށްނަގާފައިވާ ފޯނުތަކެއް ފެނިފައިވާކަމަށާއި، މި ފޯނުތަކަކީ ހުޅުމާލޭ ފަޅުގައި އޮތް ދޯންޏަކުން ވަގަށްނަގާފައިވާ ފޯނުތަކެއްކަން، މިހާތަނަށް ބެލި ބެލުމުން އެނގިފައިވާކަމަށެވެ.

މީގެ އިތުރުން، އެ ސައިކަލުގެ މަޑިދަށް ބަލައިފާސްކުރިއިރު ވަގަށް ނަގާފައިވާ ގްރައިންޑަރަކާއި ސޭންޑަރަކާއި އިތުރު އެހެން ތަކެތި ފެނިފައިވާކަމަށެވެ.

މި މައްސަލަ އިތުރަށް ތަޙުޤީޤުކުރަމުންދާކަމަށް ފުލުހުން ބުނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް