ފޯކައިދޫ ސްކޫލްގެ 2024ވަނަ އަހަރުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރު ހޮވާފައިވަނީ އެކަމަށް ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށްކަމަށް ބުނެ، ތަޢުލީމާބެހޭ ވުޒާރާއިން އެ ސްކޫލްގެ އިނާމު ދިނުމުގެ ޖަލްސާ ހުއްޓުވައިފިއެވެ.
ޚަބަރު ލިބިފައިވާގޮތުގައި މި ޖަލްސާ ހުއްޓުވާފައިވަނީ ބެލެނިވެރިއަކު ހުށަހެޅި ޝަކުވާއަކާ ގުޅިގެން، އަލުން އެކަން މުރާޖަޢާ ކުރުމަށްޓަކައެވެ.
ޖޫން މަހުގެ 4ވަނަ ދުވަހު ބޭއްވުމަށް ހަމަޖެއްސި މި ޖަލްސާ ކުއްލި ގޮތަކަށް ހުއްޓުވާފައިވާއިރު، މި ޖަލްސާ ދެން ބޭއްވޭނެ ތާރީޚެއް އަދި އަންގާފައެއް ނުވެއެވެ.