ކުލި ނުދައްކާ ފްލެޓްތަކުގެ ވެރިންނަށް ނޯޓިސް ފޮނުވަން ފަށައިފި

Loading

June 15, 2025
profile
Facebook
Twitter
WhatsApp

ސޯޝަލް ހައުސިންގ ސްކީމުގެ ދަށުން ހުޅުމާލޭން ދޫކޮށްފައިވާ ފްލެޓްތަކުގެ ތެރޭން ކުލި ނުދައްކާ ފްލެޓްތަކުގެ ވެރިންނަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ނޯޓިސް ފޮނުވަން ފަށައިފިއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި ކޮންމެ ތިން މަހަކުން އެއްފަހަރު މި ނޯޓިސް ފޮނުވަމުންދާނެއެވެ. މިއީ ކުލި ދައްކަން ހަނދާންކޮށްދިނުމުގެ ގޮތުން ފޮނުވާ ނޯޓިސްއެކެވެ.

ހުޅުމާލޭގެ 5000ށްވުރެ ގިނަ ފްލެޓުން ގަވައިދުން ކުލި ނުދައްކާ ކަމަށް އެޗްޑީސީން ބުނެފައިވާއިރު، މި އަހަރުގެ ފެބްރުއަރީ 28އާ ހަމައަށް އެޗްޑީސީއަށް ލިބެންޖެހޭ ކުލީގެ ތެރެއިން 728،193،616.18 ރުފިޔާ ވަނީ ނުލިބިކަމަށް އެ ކޯޕަރޭޝަނުން ބުނެފައި ވެއެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް