މަސްތުވާތަކެއްޗާއެކު 60 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުން ބުނީ، އަޙްމަދު ޢަފީފް، ހ. މެޑޯސްވީޓް ހައްޔަރުކޮށްފައިވަނީ ޖޫން މަހުގެ 13 ވަނަ ދުވަހުގެ ރޭ ހުޅުމާލޭ 10 ނަންބަރު ފްލެޓް ކައިރިން ކަމަށާއި، ހައްޔަރުކުރީ އޭނާގެ ޢަމަލުތައް ހުރި ގޮތުން ފުލުހުންނަށް ޝައްކުވެގެން މަޑުކުރަން އެންގުމުން އެއްޗެހިތަކެއް އުކާލާފައި ފިލަން އުޅުމުން ކަމަށެވެ.
އޭނާ އެވަގުތު ހުރި ތަން ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 5 ރަބަރު ޕެކެޓް ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 10 ދުވަސް ދީފައިވާއިރު، ފުލުހުން ބުނީ މި މައްސަލަ ދަނީ ތަޙުޤީޤުކުރަމުން ކަމަށެވެ.