އިޒްރޭލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން ޕާކިސްތާނުން އެމެރިކާއަށް ވަރުގަދަ އިންޒާރެއް ދީފި

Loading

Facebook
Twitter
WhatsApp

ޒަޔަނިސްޓް އިސްރޭލުން އިސްލާމިކް ރިޕަބްލިކް އޮފް އީރާން އާ ދެކޮޅަށް ދިން އުދުވާނީ ހަމަލާތަކާ ގުޅިގެން ނިއުކްލިއަރ ބާރެއްކަމަށްވާ ޕާކިސްތާނުން، ވަރުގަދަ އިޒާރެއް ދީފިކަމަށް ބައެއް ޚަބަރުތައް ބުނެފިއެވެ. މިގޮތުން، އީރާނާ ދެކޮޅަށް ނިއުކްލިއަރ ހަމަލާއެއްދީފި ނަމަ އިޒްރޭލާ ދެކޮޅަށް ޕާކިސްތާނުން ވެސް ނިއުކްލިއަރ ހަމަލާއެއް ދޭނެ ކަމަށްބުނެ ޕާކިސްތާނުން، އިޒްރޭލަށް އެންމެ ބޮޑަށް މަދަދުވެރިވަމުންގެންދާ އެމެރިކާއަށް އެންގިކަމަށް ބުނާ ޚަބަރުތަކެއް ދަނީ ދައުރު ވަމުންނެވެ.


މިހަނގުރާމައިގައި އިޒްރޭލަށް އެންމެ ބޮޑަށް ވާގިވެރިވަނީ އެމެރިކާއާއި ފްރާންސުންނެވެ.މިދެގައުމަށްވެސް ޕާކިސްތާނުން މިހާރުވަނީ އެއްވެސް ގައުމަކުން މިހަނގުރާމައިގެ ތެރެޔަށް ވަދެ އީރާނާ ދެކޮޅަށް ކަމެއްކޮށްފިނަމަ އެހާހަމައިން ޕާކިސްތާން ހިމޭނުން ނޯންނާނެ ކަމަށާ ޕާކިސްތާނުގެ އަސްކަރިއްޔާއިން ފުރިހަމަ ބާރާއެކު އީރާނާ އެއްކޮޅަށް ހަނގުރާމަޔަށް ވަންނާނެ ކަމަށް ބުނި ކަމަށްވެއެވެ.
މެއިންސްޓްރީމް މީޑިޔާ އަދި ސޯޝަލް މީޑިޔާގައި ޚިޔާލް ފާޅުކުރާ ފަރާތްތަކުން ވެސް،އިޒްރޭލުން އީރާނަށް ނިއުކްލިއަރ ބޮމެއް ވައްޓާލައިފިނަމަ ރައްދުގައި ޕާކިސްތާނުން އިޒްރޭލަށް ނިއުކްލިއަރ ހަމަލާއެއް ދޭން ފަސްނުޖެހޭނެ ކަމަށް ދަނީ ބުނަމުންނެވެ.
އަނެއްކޮޅުން، ޕާކިސްތާނުން އެފަދަ އިންޒާރެއް އަދި ނުދޭކަމަށް ބުނާ ޚަބަރުތަކެއްވެސް ދަނީ ފެތުރެމުންނެވެ. ”ޕްރޯ ޕާކިސްތާނީ“ ކިޔާ ނޫހެއްގައި ބުނެފައިވަނީ ޕާކިސްތާން ސަރުކާރުން ނެރުނު ބަޔާނުގައި ހަމައެކަނި ބުނެފައިވާނީ ޕާކިސްތާނުން އީރާނުގެ ފަހަތުގައި އޮންނާނެ ކަމުގައެވެ.
ޕާކިސްތާންގެ ޑިފެންސް މިނިސްޓަރު ޚަވާޖާ އާސިފް ނެޝަނަލް އެސެމްބްލީއާ މުޚާތަބް ކުރައްވާ ހޮނިހިރު ދުވަހު ވިދާޅުވެފައިވަނީ އިޒްރޭލުން އީރާން،ޔަމަން، އަދި ފަލަސްތީނާ ދެކޮޅަށް ވެސް އުދުވާނީ ހަމަލާތައް ދެމުން ގެންދާއިރު، މުސްލިމް ގައުތަކުން އެބައިވަންތަވެ،އިޒްރޭލާ ދެކޮޅަށް ނުތެދުވެއްޖެ ނަމަ މިއިން ކޮންމެ ގައުމަކަށްވެސް ކުރިމަތިލާޖެހޭނީ އެއް ނަތީޖާ އަކާ ކަމުގައެވެ.މިގޮތުން މިދަނޑިވަޅުގައި ޕާކިސްތާނުން އީރާނާއެކު ތެދުވެ އޮތްކަމަށާ އީރާނުގެ ހައްގުތައް ހޯދާ ދިނުމަށް ތެދުވަންޖެހުނު ކޮންމެ ބައިނަލް އަގުވާމީ ފޯރަމެއްގައި ތެދުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިކަމަށް އެނޫސް ރިޕޯޓް ކޮށްފައި ވެއެވެ.
ހުކުރު ދުވަހު ބޭއްވުނު ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގައިވެސް އދއަށް ޕާކިސްތާނުން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބް އާސިމް އިފްތިޚާރު ވަނީ އީރާނުގެ ހަމަލާތައް ވަރަށް ބޮޑަށް ކުށްވެރި ކުރައްވާކަމަށް ވިދާޅުވެ އެއީ ޢައިރު ޤާނޫނީ އަދި އިންސާފުން އެއްކިބާވެފައިވާ ހަމަލާތަކެއް ކަމަށް ސިފަ ކުރައްވާފައެވެ.އަދި ސަލާމަތީ މަޖިލީހުން ބައިނަލް އަޤްވާމީ ގާނޫނު ތައް ނަގަހައްޓާ، ވަގުތުން އިޒްރޭލުގެ މިނުބައި އަމަލުތައް ހުއްޓުވުމަށްވެސް ޕާކިސްތާނުގެ މަންދޫބު ގޮވާލައްވާފައި ވެއެވެ.

Loading

One Response

  1. ތި ޒައަނިސްޓުންގެ ބަލާވެރިކަން ދުނިޔޭގެ ހަމަޖެހުމަށްޓަކައި ނިންމާލަން ޖެހެއެވެ. އެކަން ކޮށްދެނީ އީރާނާ، ޔަމަން އަދި ޕާކިސްތާނުން ބާވައެވެ؟

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް