އެއާ ސީޝެލްސްއިންވެސް ރާއްޖެއަށް ދަތުރު ފަށައިފި

Loading

Facebook
Twitter
WhatsApp

އެއާ ސީޝެލްސް އިން ރާއްޖެއަށް ދަތުރު ފަށައިފިއެވެ.

އެއާ ސީޝެލްސްގެ ފުރަތަމަ ފްލައިޓުގައި 30 ފަސިންޖަރުންނާއެކު ރާއްޖެ އައުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ ހޫނު މަރުހަބާ އެއް ކިޔައިފައެވެ.

އެއާ ސީޝެލްސް އިން ރާއްޖެ އަށް ކުރާ ދަތުރުތަކުގައި ސައުތުއެފްރިކާގެ ޖޮހަނަސްބާގް އާއި ރާއްޖެ އާއި ގުޅުވާލާނެއެވެ. އެ އެއާލައިންގެ ދަތުރުތައް ޖެނުއަރީ މަހުގެ ނުވަ ވަނަ ދުވަހާއި ހަމައަށް ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހު ބާއްވާނެއެވެ.

އެއާ ސީޝެލްސް އިން ދަތުރުކުރާ ފަސިންޖަރުންނަށް 72 ގަޑިއިރު ހަމަނުވާ ކޮވިޑް ޕީސީއާރު ނެގެޓިވް ނަތީޖާއެއް ބޭނުންވާއިރު ރާއްޖެ އަންނަ ފަތުރުވެރިންނަށް ބޭނުންވަނީ 96 ގަޑިއިރު ނުވާ ނަތީޖާއެކެވެ.

ޖުލައި 15 ގައި ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއަށް މިހާތަނަށް 16 އަށް ވުރެ އެއާލައިނުން އަންނަނީ ޝެޑިއުލް ދަތުރުތައް ބާއްވަމުންނެވެ. އޭގެ ތެރޭގައި ދުނިޔޭގެ މަޝްހޫރު އިއްތިހާދު އެއާވޭސް، ގަތަރު އެއާވޭސް އަދި ސްޕައިސްޖެޓް ފަދަ އެއާލައިންތައް ހިމެނެއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި ކުރިއަށް އޮތް ހަފްތާ ތަކުގެ ތެރޭގައި އިތުރު އެއާލައިންތަކުން ރާއްޖެއަށް ދަތުރު ފަށާނެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ އަަމާޒަކީ މިއަހަރު 500،000 ފަތުރުވެރިން ރާއްޖެ ގެނައުމެވެ. މިނިސްޓްރީން ބުނީ އެ އަމާޒަށް މިމަހުގެ 25 ވަނަ ދުވަހު ވާސިލް ވެވޭނެ ކަމަށެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް