ހައްދުފަހަނައަޅާފައިވާ ޒަޔަނިސްޓު އިޒްރޭލުން އިސްލާމިކް ރިޕަބްލިކް އޮފް އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމްގެ ”ހިތަށް“ އަމާޒުކޮށް ދިން ވަރުގަދަ ހަމަލާ ތަކެއްގައި އިސްލާމިކް ރިވޮލިއުޝަނަރީ ގާޑްސް(އައިއާރްޖީސީ)ގެ ވެރިޔާ ހުސައިން ސަލާމީ އާއެކު އެތައް ޖެނެރަލުން އަދި އިސް ސައިންސްވެރިން ތަކެއް ޝަހީދު ކޮށްލާފައިވީ ނަމަވެސް އެމެރިކާއާއި އިޒްރޭލުން ހީކުރި ގޮތަށް އީރާނުން އިސްޖަހާލައިގެން ހިމޭނުން އޮތީކީނޫނެވެ.
ހުކުރުވިލޭރޭ ފަތިހު އިޒްރޭލުން ދިންހަމަލާތަކަށް 12 ވަރަކަށް ގަޑިރުނުވަނީސް އީރާނުން ވަނީ އެތައްސަތޭކަ ޑްރޯން ބޭނުންކޮށް ވަރުގަދަ ރައްދު ހަމަލާތަކެއް ދީފައެވެ.ހުކުރު ދުވަހުގެ ރެއާއަދި ހޮނިހިރު ދުވަހުގެ ހެނދުނާހަމަޔަށް ދެމިގެންދިޔަ މިހަމަލާތަކުގައި އިޒްރޭގެ ވެރިރަށް ތެލްއަވީވްގެ އެތައް އިމާރާތެއް ފުޑުފުޑުވެ އަދި އަނދަމުންދާތަން ފެންނަ ވީޑިއޯ ތައް ސޯޝަލްމީޑިޔާގައި އާންމު ވެފައިވީނަމަވެސް،ވީޑިއޯ ތަކުން އީރާނަށް މައުލޫމާތުލިބޭނެކަމަށްބުނެ، އިޒްރޭލުން ފަހުންވަނީ އެތަކެތި ޑިލީޓް ކުރުވާފައެވެ.އަދި ހަމަލާތަކުގައި މަރުވާ އަދި ޒަޚަމްވާމީހުންގެ އަދަދުތައްވެސް އިޒްރޭލުން ދެމުން ގެންދަނީ ނުރަގަޅު އަދަދު ތަކެއް ކަމަށް ދަނީ ބެލެމުންނެވެ.
އީރާންގެ ބައެއް ޑްރޯންތައް އެއާޑިފެންސް ސިސްޓަމް ބޭނުންކޮށް މަތަކުރިނަމަވެސް ޓެލްއަވީވްގެ ބޮޑުބަޔަކަށް ވަނީ ގޮޑެތި ގެއްލުންތަކެއް ދެވިފައެވެ. މުޅި ޖައްވުގައި ސައިރަންގެ އަޑު ގުގުމާލާފައިވާއިރު،ބޮމުން ސަލާމަތް ވުމަށް ހަދާފައިވާ ހުރިހާ ޝެލްޓާ ތައްވެސް ވަނީ ފުރިފައި ކަމަށް ޚަބަރުތައް ބުނެއެވެ.
ޒަޔަނިސްޓު އިޒްރޭލުން ހަމަލާ ދިނީ އީރާނުގެ ނިއުކްލިއަރ ޕްރޮރާމްގެ މައިސައިޓް ކަމަށްވާ ޔުރޭނިއަމް ފައްކާކުރާ މައި ފެސިލިޓީ އަށެވެ. މި ހަމަލާތަކާއި ގުޅިގެން އީރާނުގެ ވެރިރަށް ތެހެރާނުގައި ވަނީ ބޮޑެތި ގޮވުންތަކެއްގެ އަޑު ގުގުމާލާފައެވެ. އަވަހާރަކޮށްލެވުނު އައިއާރްޖީސީގެ ކޮމާންޑަރު ހުސެއިން ސަލާމީ އަކީ މި ހަމަލާތަކުގައި ޝަހީދުވި އީރާނުގެ އެންމެ އިސް ލީޑަރެވެ. އުމުރުފުޅުން 65 އަހަރުގައި ސަލާމީ ފާހަގަކުރެވުނީ އިޒްރޭލާއި އެމެރިކާ ފަދަ އީރާނުގެ ވާދަވެރިންނާ މެދު ހަރުކަށި ވިސްނުމެއް ގެންގުޅުއްވި ބޭފުޅެއްގެ ގޮތުގައެވެ. ތެހެރާނަށް އެއްވެސް ގައުމަކުން ހަމަލާދީފިނަމަ ”ނަރަކައިގެ ދޮރުތައް ހުޅުވާލާނެ“ ކަމުގެ އިންޒާރު މިދިޔަ މަހު އޭނާ ވަނީ ދެއްވާފަ އެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ މި ހަމަލާތަކަކީ އިޒްރޭލުގެ ދެމިއޮތުމަށް އޮތް ނުރައްކާ ކުޑަކުރުމަށް އަމާޒުކޮށްގެން ހިންގާ އަސްކަރީ އޮޕަރޭޝަނެއް ކަމަށެވެ.އަދި އެކަން ނުހުއްޓުވައިފިނަމަ އީރާނަށް ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ނިއުކްލިއާ ހަތިޔާރު އުފެއްދިދާނެ ކަމަށްވެސް ނަތަންޔާހޫ ވަނީ ބުނެފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވެފައި ވަނީ މި ހަމަލާތަކުގައި އެމެރިކާ ބައިވެރިނުވާ ކަމަށާއި އެއްވެސް އެއްބާރުލުމެއް ދީފައި ނުވާ ކަމަށެވެ. ނަމަވެސް އެމެރިކާ މިކަމުގައި ބައިވެރިވާކަން އެއީ މެންދުރުގެ އިރު ފަދައިން އެންމެނަށްވެސް ޔަގީންވާ ކަމެކެވެ.
ޓްރަމްޕް މިހާރު ބުނަނީ އީރާނުން ގޮތެއް ނިންމަން އެބަޖެހޭ ކަމަށެވެ. އިސްވެ ހަމަލާދިން އިޒްރޭލުގެ ވާހަކައެއް ޓްރަމްޕް ނުދައްކައެވެ.
ހަނގުރާމަ އިތުރަށް ހޫނުވަމުން ގޮސް އެއްގަމު މަގުން އިޒްރޭލަށް އަރަގަންނަންވެސް އީރާނުން ތައްޔާރު ވަމުން ދާކަމަށް ޚަބަރުތައް ބުނެއެވެ.އޭގެ ކުރިން އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވަނީ ޓީވީ މެދުވެރިކުރައްވާ ގައުމާ މުޚާތަބް ކުރައްވާ ޒަޔަނިސްޓް ޓެރަރިސްޓުންނާދެކޮޅަށް އީރާނުން ތެދުވިކަން އިއުލާން ކުރައްވާފައެވެ.އަދި ﷲގެ މަދަދާއެކު ފިސާރިކެރިގެން،ބާރުގަދަކޮށް ހަމަލާދެމުން ގެންދާނެ ކަމަށް ވިދާޅުވެފައި ވެއެވެ.
އޭގެ ކުރިން ޚާމަނާއީ ވަނީ އެގައުމުގެ ސެކިއުރިޓީ ކަންކަން އައިއާރު ސީސީ ގެ ކޮމާންޑަރުންނާ ރަސްމީކޮން ހަވާލު ކުރައްވާ އިޒްރޭލާ އެމެރިކާއާ ދެކޮޅަށް ހަނގުރާމަ އިއުލާންކުރައްވާ ޖާމްކަރަން މިސްކިތުގައި ހުންނަ ޚާއްސަ ގުއްބަށް ހަނގުރާމައިގެ ރަތް ދިދަ ނަންގަވާ ދެއްވާފައެވެ. އީރާނުގެ ވެރިކަމުގެ ނިޒާމަށްބަލާއިރު، ގިނަ އަސްކަރީ ވެރިންތަކެއް ނެތި ގޮސްފައިވާހެން ހީވެސް ނުވާކަމަށް ވެއެވެ. އިތުރު ހިއްވަރަކާ ޖޯޝަކާއެކު ސަފުތައް އަލުން ވަނީ ރުކުރުވާލާފައެވެ.