ޙައްޖު ކޯޕަރޭޝަނުގެ ނަމުގައި ސްކޭމް މެސެޖުތަކެއް

Loading

June 14, 2025
profile
Facebook
Twitter
WhatsApp

މޯލްޑިވްސް ޙައްޖު ކޯޕޮރޭޝަނުގެ ނަމުގައި ފޯނުތަކަށް ސްކޭމް މެސެޖުތަކެއް ފޮނުވަމުންދާކަމުގެ ޚަބަރު ލިބިފައިވާކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.

ޙައްޖު ކޯޕަރޭޝަނުން ބުނީ، ފައިސާ ދެއްކުމަށް އެދި އެއްވެސް ލިންކެއް އެ ކޯޕަރޭޝަނުން ނުފޮނުވާނެ ކަމަށެވެ.

އަދި ގުޅައިގެންވެސް އެއްވެސް އަމިއްލަ ފަރާތެއްގެ އެކައުންޓަށް ފައިސާ ޖަމާކުރުމަށް ނުބުނާނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފައި ވެއެވެ.

އެ ކޯޕަރޭޝަނުގެ ޚިދުމަތްތަކަށް ފައިސާ ޖަމާކުރަން އަންގާނީ ހަމައެކަނި އެ ކޯޕަރޭޝަނުގެ ނަމުގައި ހަދާފައިވާ އެކައުންޓަށް ކަމަށާއި، އެ ނޫން ގޮތެއްގައި ފައިސާ ޖަމާކުރުމަށް ބުނެފިނަމަ ކަމާބެހޭ ފަރާތްތަކަށް ރިޕޯޓުކުރުމަށްވެސް އެ ކޯޕަރޭޝަނުން ވަނީ އެދިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް