ޔޫކްރެއިންގެ ހަތިޔާރު އުފައްދާ ކުންފުންޏެއްގެ އިސް ވެރިއަކު ބުނެފައިވެއެވެ. ހުޅަނގުގެ ގައުމުތަކުން ބޮޑު ދެކޮޅުވެރިކަމަކަށް ކުރިމަތިލާން ތައްޔާރު ވުމަށްޓަކައި ހަތިޔާރު އުފައްދަމުންގެންދަނީ މުޅިން ގޯހުން ގޯހަށެވެ. ހުޅަނގުގެ ގައުމުތަކަށް ބޭނުންވަނީ މޮޅު ދެތިން ހަޔިޔާރެއް ނޫނެވެ. އެތައްބައިވަރު ފެންވަރު ރަނގަޅު ހަތިޔާރު ތަކެކެވެ. އެއީ ޔޫރަޕުގައި ހަތިޔާރު އުފައްދާ ފަރާތްތަކަށާއި ތަޖްރިބާކާރުންނާއި އަދި ދިފާއީ ވަޒީރުންނަށްވެސް ފޮނުވި އިންޒާރެކެވެ. ޔޫކްރެއިންގެ ދިފާއީ އިންޑަސްޓްރީތަކުގެ އިންޒާރު ކުރުގޮތަކަށް ޚުލާސާ ކުރާނަމަ ބުނެވޭނީ ހަތިޔާރު އެފެއްދުމުގައި ބަލަންޖެހެނީ އަގުބޮޑު މޮޅު ހަތިޔާރު އުފެއްދުމަށްވުރެން ރަޝިޔާފަދަ ދެކޮޅުވެރިންގެ ކިބައިން ސަލާމަތާ ރައްކާތެރިކަން ޔަގީން ކުރުމަށް ބޭނުންވާ ފެންވަރުގެ ގިނަ ހަތިޔާރުތަކެއް އުފެއްދުމެވެ.
ޔޫކްރެއިންގެ ދިފާއީ އިންޑަސްޓްރީ ތަކުގެ ސީ އީ އޯ ސަރްހީ ގޮންޗާރޯވް ބިޒްނަސް އިންސައިޑަރަށް މައުލޫމާތު ދީފައިވަނީ ޒަމާނުއްސުރެން ޔޫރަޕްގެ ގައުމުތަކުން ހަތިޔާރު އުފެއްދުމުގައި ބޭނުން ކުރަމުންނަ ކަޓިންގ-އެޖް ޓެކްނޯލޮޖީއާއި ވިސްނުން އެއްފަރާތްކޮށް މަގްސަދު ހާސިލުކުރެވޭ ފެންވަރުގެ ގިނަ ހަތިޔާރު އުފައްދަންވީ ވަގުތު އަތުވެއްޖެ ކަމަށެވެ. ހަމައެކަނި ފެންވަރު ރަނގަޅު މޮޅު މަދު އަދަދެއްގެ ހަތިޔާރުން މިޒަމާނުގައި ނުފުދޭނެއެވެ.
ޔޫކްރެއިން ހަނގުރާމައަށް ބަލާލުމުންވެސް އެނގި ހާމަވެގެންދާ ހަގީގަތަކީ އަގުބޮޑު މޮޅު މަދުހަތިޔާރުން ކުރެވޭ ބޭނުމަށްވުރެން މަގްސަދު ހާސިލު ކުރަން ބޭނުންވާ ފެންވަރުގެ ގިނަ ހަތިޔާރު ލިބިފައި ހުރުމުން ހާސިލު ކުރެވޭ ނަތީޖާ ރަނގަޅުކަމަށެވެ. އެމެރިކާގެ މޮޅު އެމް-982 މަރުކާގެ އެކްސްކެލިބަރ ގައިޑެޑް ހަތިޔާރު ކޮންމެ އެއްޗަކަށް އެއްލައްކަ ޑޮލަރގެ އަގެއްދީގެން އިލެކްޓްރޯނިކް ހަނގުރާމައާއި އަދި 30 ގުނަ އަގުހެޔޮ އާދައިގެ ހަތިޔާރާ ބޭނުންކޮށްގެން ކުރާ ހަނގުރާމައަކާ ދެކޮޅަށްވެސް މަސައްކަތެއް ނުކުރެއެވެ. އޭގެ ބަދަލުގައި 1960 ގެ އަހަރުތަކުގެ ތެރޭގައި އެމެރިކާއިން އުފެއްދި އަގުހެޔޮ އެމް-107 މަރުކާގެ ހަތިޔާރު ގިނަ އަދަދަކަށް ލިބޭނަމަ މާ ރަނގަޅު ނަތީޖާ ދައްކާނެއެވެ.
މިސާލަކަށް ސްވިޑްން އިން ޔޫކްރެއިނަށްދިން އަގުބޮޑު ހަތިޔާރުގެ 10 ނިޒާމަކީ ދުނިޔޭގައި މިވަގުތު ލިބެން ހުރި އެންމެ މޮޅު ހަތިޔާރުކަން ގަބޫލުކުރަންޖެހެއެވެ. އެކަމަކު ހަނގުރާމައިގެ މައިދާނުގައި ޔޫކްރެއިނުން އުފައްދާ އަގުހެޔޮ ބޮހްޑާނާ މަރުކާގެ ހަތިޔާރުންލިބޭ ނަތީޖާ މާ ރަނގަޅެވެ. އަގުބޮޑު މޮޅު ހަތިޔާރަކީ އަބަދާ އަބަދު ބޭނުން ކުރަން ލިބިލިބި ހުންނާނެ އެއްޗެއް ނޫންކަން މިއޮތީ ހާމަވެފައެވެ. ދިގު ހަނގުރާމައަކަށް ބޭނުންވަނީ ނަތީޖާ ނެރެވިދާނެ ފަދަ ހަތިޔާރު ހެޔޮ އަގެއްގައި އަބަދުވެސް ލިބިލިބި ހުރުމެވެ.
ރަޝިޔާއިން ޔޫކްރެއިނަށް އަރާގަތުމުން ހަނގުރާމައެއްގެ ގޮތުގައި ވަރަށްގިނަ ފިލާވަޅުތަކެއް ދަސްވެއްޖެއެވެ. ހަނގުރާމައިގާ ލިބެމުންދާ ގެއްލުންތަކާއި ހޭދަވެގެންދާ ޚަރަދުން އެއްވަނަ އަދި ދެ ވަނަ ބޮޑު ހަނގުރާމަ ހިތަށް ތަސައްވުރު ކުރެވެއެވެ.
ރަޝިޔާއަކީ ދުނިޔޭގެ އެންމެ ބޮޑު މިލިޓްރީއެވެ. އާބާދީގައި އެތައް މިލިއަން މީހުން ހިމެނޭއިރު ތަކުރާރުކޮށް ބުނަމުން އެގެންދަނީ ރަޝިޔާއިން ބޭނުންވަނީ ލަސްލަހުން ދުޝްމިނުން ގެ ބާރު ދުއްވާލުމަށްޓަކައި ދިގުދެމިގެންދާ ހަނގުރާމައެއް ކަމަށެވެ. އިނގިރޭސި ވިލާތުގެ ދިފާއީ ވުޒާރާގެ އަންދާޒާއަކީ އަނގުރާމަ ފެށުނު ފަހުން މިދިޔަ ޑިސެމްބަރ މަހާ ހަމަޔަށް ރަޝިޔާއިން ހަނގުރާމައިގެ 3600 ޓޭންކާއި އަދި ހަތިޔާރު އެޅި ސިފައިންގެ 8000 އުޅަނދު ހަލާކު ކޮށްލެވިފައިވާ ކަމަށެވެ. ރަޝިޔާއަށް އެއީ މާ ބޮޑު އެއްޗަކަށް ނުވެ ހިނގައިދާނެއެވެ، އެކަމަކު ޔޫކްރެއިނުން މި އުޅެނީ ޖަހާލާނެ ބަޑިއެއްވެސް ނުލިބިގެންނެވެ. ރަޝިޔާއިން ހުޅަނގުގެ ކޮންމެ ގައުމަކާ ދެކޮޅަށްވެސް މިގޮތަށް ދިގުދެމިގެންދާ ހަނގުރާމައެއް ކޮށްފާނެއެވެ. މިއީ ނޭޓޯގެ އިސް ވެރިން ވިސްނާ ފިކުރު ކުރަން ވެއްޖެ ކަމެކެވެ. ސަރްހީ ގޮންޗާރޯވްގެ ވާހަކައިގާ ނޭޓޯގެ އިސްވެރިންނަށް އިންޒާރު ދީފައި ވެއެވެ. ސަރްހީ ގޮންޗާރޯވްގެ މި އިންޒާރު ޑެނިޝް ދިފާއީ ވަޒީރު ޓްރޯއެލްސް ލުންޑް ޕޯލްސެން އާއި އަދި ލިތުއޭނިއާގެ ކުރީގެ ދިފާއީ ވަޒީރު ގެބްރިއެލަސް ލޭންޑްސްބާރގިސްވެސް ވަނީބިޒްނަސް އިންސައިޑަރާއެކު ހިއްސާ ކުރައްވާފައެވެ.
ހަނގުރާމައިގެ ވާހަކަ ދައްކާއިރު ޗައިނާގެ ނަން ނުގެނެސް ނިންމާ ނުލެވޭނެއެވެ. އެ ގައުމުން އަގުހެޔޮ އެތައް ބައިވަރު ހަތިޔާރެއް އެ ގެންދަނީ އުފައްދަމުންނެވެ. އެކަމަކު ފާއިތުވެގެންމިދާ ވިއްސަކަށް އަހަރު ހުޅަނގުގެ އަމާޒަކަށް ވެފައި މިއޮތީ އަގުބޮޑު މޮޅު ހަތިޔާރު އުފެއްދުމެވެ.
ބްރޫކްލިން އިންސްޓިޓިއުޓުގެ ސީނިއަރ ފެލޯ އެންޑް ޑިރެކްޓަރ މައިކަލް އޯ ހޭންލޯން ދެކޭގޮތުގައި ހުޅަނގުގެ ގައުމުތަކުން ބޮޑެތި ހޭދަކޮށްގެން މޮޅު ހަތިޔާރު އުފެއްނު ކުރިއަށް ގެންދާއިރު ޗައިނާއާއި ރަޝިޔާވެސް ހިތުގައި ބާއްވައިގެން ހެޔޮ އަގުގައި ގިނަ ހަތިޔާރު އުފެއްދުން މާ ބާރަށްވެސް ކުރިއަށް ގެންދަން ޖެހޭނެއެވެ