އިންޑިޔާގެ އަހުމަދު އާބާދުން ލަންޑަން އަށް ދިއުމަށް ދަތުރުފެށިމަތިންދާބޯޓެއް، ފުރިތާ 5 މިނިޓް ތެރޭގައި ވެއްޓިއްޖެއެވެ. ޖުމްލަ 242 ފަސިންޖަރުންނާއެކު ދަތުރުކުރި ބޯޓު ވެއްޓިފައިވަނީ އެއާޕޯޓް ޕެރިމީޓަރުގެ ތެރޭގައިވާ އިމާރާތްތަކެއްގެ މައްޗަށް ކަމަށްވެއެވެ.
އެއީ ޑޮކްޓަރުންގެ ހޮސްޓެލް އިމާރާތެއްކަމަށްވެއެވެ. ބޯޓުވެއްޓުމާއި އެކު ބޯޓުގައި އަލިފާން ރޯވެފައިވެއެވެ. ނަމަވެސް އެންމެން މަރުވިކަން ނުވަތަ ނޫންކަން އަދި ކަށަވަރު ކުރެވިފައެއް ނުވެއެވެ.
ވެއްޓުނު އެއާ އިންޑިޔާގެ ބޯޓުގައި އިގިރޭސި ވިލާތުގެ 53 މީހުން، އިންޑިޔާގެ 169 މީހުން ޕޯޗުގަލް އަށް ނިސްބަތްވާ 7 މީހުން އަދި ކެނެޑާގެ އެކަކު ހިމެނެއެވެ. ބޮއިން 787 މަރުކާގެ މިބޯޓު ބޭނުން ކުރަންފަށާފައިވަނީ މީގެ 14 އަހަރު ކުރިން ކަމަށް ވެއެވެ.އެހެން ކަމުން ބޯޓަކީ ނިސްބަތުން އައު ބޯޓެކެވެ. އަދި މިއީ ބޮއިން 787 މަރުކާގެ ބޯޓެއް ވެއްޓުނު ވެސް ފުރަތަމަ ފަހަރު ކަމަށް ވެއެވެ.
ބޯޓު ވެއްޓުމުގެ ހާދިސާއާއި ގުޅިގެން އިންޑިޔާގެ ބޮޑުވަޒީރު އަދި އިގިރޭސި ބޮޑުވަޒީރު ވަނީ ހިތާމަ ފާޅުކުރައް ސޯޝަލް މީޑިއާގައި މެސެޖް ތައް ޕޯސްޓް ކުރައްވާފައެވެ. އަދި ކަންތައް ތައް ކުރިޔަށްދާގޮތް ގާތުން ބައްލަވަމުންދާކަމަށް ވިދާޅުވެފައި ވެއެވެ.