ރާއްޖޭގެ ދީނީ ޢިލްމުވެރިޔާ އައްޝައިޚް އިބްރާހީމް ފަރީދުގެ މައްޗަށް ޣައިބަށް ކުރެވޭ ކަށުނަމާދު މާދަމާގެ ހުކުރު ނަމާދަށްފަހު އޮންނާނެއެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އަންގާރަ ދުވަހު ވިދާޅުވީ، ޝައިޚު ފަރީދުގެ މައްޗަށް 13 ޖޫން ވާ ހުކުރު ދުވަހު ހުކުރު ނަމާދަށްފަހު، މުޅި ރާއްޖޭގެ ހުކުރުކުރާ ހުރިހާ މިސްކިތެއްގައި ޣައިބަށް ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.
ޝައިޚް ފަރީދު އަވަހާރަވީ މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅެއްގައި އެއާޕޯޓަށް ފައިބާވަޑައިގަތްތަނުން ކުއްލިއަކަށް ހާލުކޮޅުދެރަވުމާއެކު ފަރުވާދެމުން ދަނިކޮށެވެ.