މިއަދުގެ ހެނދުނުގެ ވަގުތެއްގައި މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.
ފުލުހުން ބުނީ، ފަރުވާދިނުމަށް މިއަދު ހެނދުނު މައްޗަންގޮޅީ ގެއަކުން މީހަކު އައިޖީއެމްއެޗަށް ގެންދިޔަކަމަށާއި، ނަމަވެސް ގެންދިޔައިރުވެސް އޭނާ އޮތީ މަރުވެފައިކަމަށް މަޢުލޫމާތު ލިބިފައިވާކަމަށެވެ.
މަރުވެފައިވަނީ އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، އެކަމާގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.