ހއ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް ނެރެފައިވާ ހުދު ސަމާލުގެ ވަގުތު އިތުރުކޮށްފި

Loading

June 11, 2025
profile
Facebook
Twitter
WhatsApp

މޫސުމާބެހޭ ޤައުމީ އިދާރާއިން، ހއ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް ނެރެފައިވާ ހުދު ސަމާލުގެ ވަގުތު އިތުރުކޮށްފިއެވެ.

މި ސަމާލު ފުރަތަމަ ނެރެފައިވަނީ ރޭ ދަންވަރު 1.00ން ފެށިގެން ހެނދުނު 7.00އާ ހަމައަށެވެ. ނަމަވެސް މިއަދު ހެނދުނު 8.30ން ފެށިގެން 14.30ގެ ނިޔަލަށް ވަނީ މި ސަމާލުގެ ވަގުތު އިތުރުކޮށްފައެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން އޭރު ލަފާކޮށްފައިވަނީ އެ ވަގުތުގެ ތެރޭގައި އެ ސަރަހައްދަށް ގަޑިއަކު 19 މޭލާ 24 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށާއި އެ ސަރަހައްދުގެ ކަނޑުތައް ގަދަވާނެކަމަށެވެ.

މި ސަމާލުގެ ވަގުތު މިހާރު ވަނީ މިރޭގެ 20.30އާ ހަމައަށް އިތުރުކޮށްފައެވެ. މޫސުމާބެހޭ އިދާރާއިން ބުނީ މި ވަގުތުގެ ތެރޭގައި އެ ސަރަހައްދަށް ގަޑިއަކު 22 މޭލާ 27 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށާއި އެ ސަރަހައްދުގެ ކަނޑުތައް ގަދަވާނެކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް