ޕްލާސްޓިކް ގަސްމުށިތަކެއްގެ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް އެތެރެކުރި 18 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބުނެފިއެވެ.
ކަސްޓަމްސްއިން ބުނީ، މިތަކެތި އަތުލައިގެންފައިވަނީ ވައިގެމަގުން އެތެރެކުރަން އުޅުމުގެތެރޭގައި ކަމަށާއި، މި ތަކެތި ބަލައިފާސްކޮށްފައިވަނީ ކަސްޓަމްސްއަށް ލިބުނު އިންޓެލިޖެންސް މަޢުލޫމާތަކާ ގުޅިގެން ކަަމަށެވެ.
މި ތަކެތި ފުރަތަމަ މަރުޙަލާގައި ކުރި ޓެސްޓުތަކުން ކެނެބިނޮއިޑް އޮއިލްއަށް ޕޮޒިޓިވްވެފައިވާއިރު، މީގެ މަގުމަތީ އަގު 26 މިލިއަން ދިވެހިރުފިޔާއަށް އަރާކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބުނެއެވެ.
One Response
ތި އަތުލައިގަންނަހާ ޑްރަގްތައް ކޮބާތޯއެވެ؟ ހަމަގައިމުވެސް ޑުރަގު މާރކެޓް ހީނަރެއް ނުވެއެވެ. ހަމަ ކަންމަތީގައި ތިބެގެން އެބަ ވިއްކާމެއެވެ. މިހާރު އެތެރެ ނުފެންނަގޮތަށް ހަދައިގެން އުޅޭ ގޭންގު ކެފޭތަކުގައިވެސް އެތެރެއިން ނިކުންނަމީހާ ހުންނަނީ ދެލޯ ރަތްވެ އިސްދަށަށް ޖެހިފައެވެ. ހިނގެނީ ފާޑަކަށެވެ. ދެއް އެތެރޭގައި އެކުރިކަމެއް ކޮށްފިއެވެ.