ޕޮލިސް ކޮމިޝަނަރުގެ މަޤާމަށް ނަވީން އައްޔަންކުރައްވައިފި

Loading

June 10, 2025
profile
Facebook
Twitter
WhatsApp

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެކްޓިންގ ކޮމިޝަނަރުގެ މަޤާމުގައި ހުންނެވި އިސްމާޢީލް ނަވީން ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް މިއަދު އައްޔަންކުރައްވައިފިއެވެ.

މި މަޤާމަށް ކުރިމަތިލެއްވުމުގެ މުއްދަތު ނިމުނު ހަފުތާގެ ހޯމަ ދުވަހަށް ހަމަވިއިރު، މަޤާމަށް ކުރިމަތިލައްވާފައިވަނީ އެ އިދާރާ ވަގުތީގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ ކޮމިޝަނަރު އިސްމާޢީލް ނަވީންއާއި، ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީއާއި، އަދި އެސިސްޓެންޓް ކޮމިޝަނަރު އަޙްމަދު ޝަމީމެވެ.

މި ތިން ބޭފުޅުންގެވެސް ޝަރުޠު ހަމަވާކަމަށް ޕޮލިސް ބޯޑުން ލަފާއެރުވުން، ނަވީން އެ މަޤާމަށް އައްޔަންކުރައްވަން ނިންމަވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އޭނާއަށް މަޤާމުގެ ފަތްކޮޅު ދެއްވައިފައެވެ.

ޕޮލިސް ކޮމިޝަނަރުގެ މަޤާމު ހުސްވެފައި ވަނީ، އެ މަޤާމުގައި ކުރިން ހުންނެވި ޢަލީ ޝުޖާޢު މިދިޔަ އޭޕްރީލް މަހުގެ 26ގައި އިސްތިއުފާދެއްވުމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް