ހައްޖުވެރިންނަށް 2،521،380 މުސްހަފް ބަހަނީ

Loading

Facebook
Twitter
WhatsApp

ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު ސައޫދީއަރަބިއްޔާ އިން ހައްޖުވެރިން ފުރަން ފަށާފައިވާއިރު،ސަލްމާން ރަސްގެފާނުގެ ފަރާތްޕުޅުން ހައްޖުވެރިންނަށް މުސްހަފް ބެހުމުގެ ޚާއްސަ ޕްރޮގްރާމެއް އާދީއްތަ ދުވަހު އެ ގައުމުގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާސް ކޯލް އެންޑް ގައިޑެންސްގެ ފަރާތުން ފަށައިފިއެވެ.


މި ޕްރޮގްރާމްގެ ދަށުން 2،521،380 މިލިއަނަށްވުރެގިނަ މުހަފްގެ ކޮޕީ ،މައްކާގައި ހުންނަ މުސްހަފް ޗާޕްކުރުމަށް ޚާއްސަ ޕްރިންޓިންގ ކޮމްޕްލެކްސް އިން ޗާޕު ކޮށްފައިވާ ކަމަށް ޚަބަރުލިބެއެވެ. މީގެ އިތުރުން މުސްހަފްގެ ތަރުޖަމާ ދުނިޔޭގައި ބޭނުންކުރަމުން އަންނަ އެތައް ބަހަކުން ވެސް ވަނީ ޗާޕްކޮށްފައެވެ.
ކީރިތި ޤުރުއާންގެ ކޮޕީ އަކާއެކު ހައްޖުވެރިންނަށް އަލްވަދާއު ކިއުމުން ހައްޖުވެރިންނަށް ދެވުނު ޚިދުމަތްތައް މިފަދަ މާތް އަމަލަކުން ނިންމާލެވޭ ކަމުގެ ހިތްހަމަޖެހުން ލިބިގެންދާކަމަށް ސައޫދީގެ އިސް އޮފިޝަލުން ވިދާޅުވެފައި ވެއެވެ.
އަނެއްކޮޅުން ޚަބަރުލިބޭ ގޮތުގައި ހައްޖުވެރިންނަށް މަދީނާއިން މަރުހަބާ ކިއުމަށް ޚާއްސަ ތައްޔާރީތަކެއް ވަނީ ވެފައެވެ. މިގޮތުން މަދީނާއަށް ދަތުރު ކުރި ފުރަތަމަ ގްރޫޕް އާދީއްތަ ދުވަހުގެރޭ ވަނީ މަދީނާއަށް ގޮސްފައެވެ.
ޚައްސަ އިންތިޒާމް ތަކުގެ ދަށުން މައްކާގައި ދެމުން އައިފަދަ ފުރިހަމަ ޚިދުމަތްތަކެއް މަދީނާގައިވެސް ދިނުމަށް ވަނީ ތައްޔާރުވެފައެވެ.
މަދީނާ ގައި ހައްޖުވެރިން ޒިޔާރަތްކުރާނެ ތަންތަނުގެ ތެރޭގައި މަސްޖިދުއްނަބަވީ،ޤުބާ މިސްކިތް އަދި ބައެއް އަސާރީ އަދި ސަގާފީ ތަންތަން ހިމެނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް