މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ޙައްވާ ޔުމްނު ވެއްޓުނު މައްސަލާގައި ރައުދު އަޙްމަދު ޛިލާލުގެ މައްޗަށް ދަޢުވާކޮށްފިއެވެ.
ރައުދުގެ މައްޗަށް ދަޢުވާކުރަން ކްރިމިނަލް ކޯޓަށް ހުށަހެޅީ މި ޖޫން މަހުގެ 4 ވަނަ ދުވަހުއެވެެ. އޭނާގެ މައްޗަށް ކުރަނީ އެހީއަށް ބޭނުންވެފައިވާ މީހަކަށް، އެކަށީގެންވާ ސަބަބެއްނެތި އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ދަޢުވާއެވެ. އޭގެ އަސާސީ އަދަބަކީ 1 މަހާއި 6 ދުވަހުގެ ޖަލު ހުކުން ކަމަށްވާއިރު، ރައުދު މިހާރުވެސް ވަނީ ޖަލުގައި މަސްދުވަސް ހޭދަކޮށްފައެވެ.
ޕީޖީ އޮފީހުން ބުނިގޮތުގައި ރައުދުގެ މައްޗަށް ދަޢުވާކުރަނީ ޔުމްނު ވެއްޓުނުކަން އެނގިހުރެ އޭނާއަށް އެހީތެރިކަން ދީފައިނުވާތީއާއި، އެހީތެރިކަން ހޯދުމަށް ކަމާ ގުޅުންހުރި އެއްވެސް އިދާރާއަކަށްވެސް ރިޕޯޓުކޮށްފައި ނުވާތީކަމަށެވެ.
ރައުދު ހައްޔަރުކޮށްފައިވަނީ އެ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން، އޭޕްރީލް 24 ވަނަ ދުވަހުއެވެ.
އެއަށްފަހު އެކި ފަހަރު މަތިން ބަންދުގެ މުއްދަތު ކޯޓުން ދަމަހައްޓަމުން އައިސް، މިދިޔަ މޭ މަހުގެ 22ގައި އޭނާ ދޫކޮށްލިއެވެ. ނަމަވެސް، ދޫކޮށްލިތާ އިރުކޮޅެއް ފަހުން އަލުން ހައްޔަރުކޮށް، ބަންދަށް 5 ދުވަސް ޖެހިއެވެ. ނަމަވެސް އެ މުއްދަތު ހަމަވުމުން އޭނާ ދޫކޮށްލީއެވެ.
އޭނާ ބަންދުން ދޫކޮށްލަން އެދުނީ އޭނާގެ މައްޗަށް އަންނާނެ ހުކުމުގެ މުއްދަތަށްވުރެ ބަންދުގައި ހުރި މުއްދަތު އިތުރުވެދާނެތީ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.
One Response
ކޮބާ ކެނެބިސްގެ ހުކުމް
ކޮބާ ރާބުއިމުގެ ހުކުމް
ކޮބާ ޒިނޭގެ ހުކުމް
ޕީޖީ އަކީ ބީތާއެއްތަ؟
ޕީޖީ އަކީ މަރުމޯލެއްތަ؟
ނޫނީ ގުނބޯލެއްތަ؟