އައްޑޫ ސިޓީގައި ވެދަރ ރާޑަރެއް ބަހައްޓަނީ

Loading

June 9, 2025
profile
Facebook
Twitter
WhatsApp
ޙުސައިން ވަޙީދު، ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަނީ

އައްޑޫ ސިޓީގައި ވެދަރ ރާޑަރެއް ބެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް، މޫސުމާބެހޭ ޤައުމީ އިދާރާގެ އެސިސްޓެންޓް މީޓިއޮރޮލޮޖިސްޓް ޙުސައިން ވަޙީދު ވިދާޅުވެއްޖެއެވެ.

އޭނާ މިކަން ހާމަ ކުރައްވާފައިވަނީ ޕީއެސްއެމް ނިއުސްގެ ”ރާއްޖެ މިއަދު“ ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިފަދަ ރާޑަރުތައް ބެހެއްޓުމަކީ ވެދަރ ފޯކާސްޓް ކުރުމަށާއި އެލަރޓްތައް ނެރުމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މިފަދަ ރާޑަރެއް ރާއްޖޭގައި އަދި ބަހައްޓާފައި ހުރީ ހުޅުލޭގައެއެވެ. މި ރާޑަރު ބޭނުންކޮށްގެން ގާތްގަނޑަކަށް 250 ކިލޯމީޓަރުގެ ރޭޑިއަސްގެ ތެރޭގައި ހިނގާ މޫސުމާބެހޭ މަޢުލޫމާތު ވަގުތުން ވަގުތަށް ދެނެގަނެވޭއިރު، މިއީ ދުނިޔޭގެ ޤައުމުތަކުގައި މޫސުން ބެލުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީއެވެ.

މި ވެދަރ ރާޑަރުގެ ސަބަބުން މޫސުން ކުރިއަށް ލަފާކޮށް، އަދި ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މުހިންމު މަޢުލޫމާތުތަކެއް ފޯރުކޮށްދެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް