ދޮންހުރާ ގޯޅީގައި އޮންނަ ޕާކު ހިމެނޭ ބިން އައިއެމްޔޫއަށް

Loading

June 8, 2025
profile
Facebook
Twitter
WhatsApp

ދޮންހުރާ ގޯޅީގައި އޮންނަ ޕާކު ހިމެނޭ ބިން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ލިބި، ރަޖިސްޓްރީގެ ކަންކަން ހަމަޖެހިފައިވާކަމަށް އެ ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ، ޑރ. ޢަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ”ރާއްޖެ މިއަދު“ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން އޭނާ ވިދާޅުވީ، ޔުނިވަރސިޓީއަށް ބޭނުންވާ ވަސީލަތްތައް ހަމަކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ.

މި ގޮތުން މިހާތަނަށް ކުރެވުނު މަސައްކަތްތަކުން ހާސިލުވެފައިވާ އެންމެ މުހިންމު އެއް ކަމަކީ އެ ޔުނިވަރސިޓީއާ އިންވެގެން ދޮންހުރާ ގޯޅީގައި އޮންނަ ބިމުގެ ރަޖިސްޓްރީ ޔުނިވަރސިޓީއަށް ލިބުންކަން އޭނާ ފާހަގަކުރެއްވިއެވެ.

ޑރ. ޢަލީ ޒާހިރު ވިދާޅުވީ މިހާރު ޕާކެއް ހިންގަމުންދާ އެ ބިމަކީ މީގެ އަހަރުތަކެއް ކުރިން އިސްލާމީ ޔުނިވަސިޓީން ގަނެފައިވާ ބިމެއްކަމަށާއި، ނަމަވެސް ބިމުގެ ރަޖިސްޓްރީ ލިބިފައިވަނީ ދާދި ފަހުން ކަމަށެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް