ލ. ލިންކު ރޯޑުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ، އެކްސިޑެންޓު ހިނގާފައިވަނީ ރޭ 7.00ހާއިރު ލިންކު ރޯޑުން ދެކުނަށް ދުއްވާފައި ދިޔަ ކާރަކާއި ސައިކަލެއް ޖެހިގެން ކަމަށެވެ.
މި ހާދިސާގައި، ސައިކަލުގައި ތިބި 44 އަހަރުގެ ދެ މީހުންގެ ފައިގެ ދެ ތަނަކުން ބިނދި އަދި ބޯ ފަޅައިގެން ގޮސްފައިވާއިރު، ކާރު ދުއްވަންއިން 62 އަހަރުގެ މީހާއަށް އަނިޔާއެއް ވެފައި ނުވާކަމަށްވެސް ފުލުހުން މަޢުލޫމާތުދެއެވެ.
ފުލުހުން ބުނީ، މި އެކްސިޑެންޓުގައި ހިމެނެނީ ދިވެހި ފިރިހެން ކަމަށާއި، ދެ ވެހިކަލަށްވެސް ވަނީ އެކިވަރުގެ ގެއްލުންވެފައި ކަމަށެވެ.