މެނިންގޯކޮކަލް ބަލި ދެނެގަނެ އެއިން ރައްކާތެރިވުން

Loading

June 8, 2025
profile
Facebook
Twitter
WhatsApp

މެނިންގޯކޮކަލް ބައްޔަކީ ކޮބާ؟
މިއީ ނައިސީރިއާ މެނިންޖައިޓިސް ކިޔާ ބެކްޓީރިއާއަކުން ޖެހޭ ނުރައްކާތެރި ބައްޔެކެވެ. މިއީ މަދުން ޖެހޭ ބައްޔެއް ނަމަވެސް ޖެހިއްޖެނަމަ ބަލީގައި ބޮޑުވަރުވާލެއް އަވަސްވެއެވެ.

މެނިންގޯކޮކަލް ބަލީގެ ބާވަތްތައް:
މިގެ ދެ ބާވަތެއް ހުރެއެވެ. އެއީ މެނިންޖައިޓިސްއާއި
މެނިންގޯކޮކަލް ސެޕްސިސްއެވެ.

ބަލީގެ ޢަލާމާތްތައް:

  • ބޮލުގައި ރިއްސުން
  • ކަނދުރާއަށް ވާންވުން
  • މޭނުބައިކޮށް ހޮޑުލެވުން
  • ވާނުވާ ނޭނގޭ ގޮތް ވުން
  • ގައިގައި ރަތް ބިހިތަކެއް ނެގުން ނުވަތަ ލައްތަކެއް ޖެހުން
  • އަލިގަދަވުމުން އުނދަގޫވުން
  • ވަރުދެރަވުން
  • ނޭވާ އަވަސްވުން
  • ފިޓުޖެހުން

ބަލި ފެތުރޭ ގޮތް:
މެނިންގޯކޮކަލް ބަލި ފެތުރެނީ ބަލި ޖެހިފައިވާ މީހާގެ އަނގައިން ނުކުންނަ ކުޅުގައި ހުންނަ ޖަރާސީމު އެހެން މީހެއްގެ ނޭވާލާ ނިޒާމުގެ ތެރެއަށް ދިއުމުންނެވެ.

މިގޮތުން ބަލި ޖެހުމުގެ ފުރުސަތު އެންމެ ބޮޑީ ބަލިމީހާއާ އެންމެ ގާތުގައި އުޅޭ މީހުންނަށެވެ. އޭގެތެރޭގައި ބަލިމީހާގެ ކުޅު ނުވަތަ އަރިދަފުހުގައި ޖެހިފައިވާ މީހުންނާއި، ބަލިމީހާއާއެކު އެއް ކޮޓަރީގައި ނިދާ މީހުންނާއި، ބަލިމީހާއާ އެއް ގެއެއްގައި ދިރިއުޅޭ މީހުން ހިމެނެއެވެ.

ބަލިމީހާގެ ކްލޯޒް ކޮންޓެކްޓުން:

  • ބަލިމީހާއާއެކު އެއް ގެއެއްގައި ދިރިއުޅޭ މީހުން.
  • ބަލިމީހާއާއެކު އެއް ބަހެއްގައި ނުވަތަ މަތިންދާބޯޓު ފަދަ އުޅަނދެއްގައި ދަތުރުކޮށްފައިވާ މީހުން.
  • ބަލިމީހާގެ ކުޅު ނުވަތަ ނޭވާލާ ނިޒާމުން އުފެދޭ ދިޔައަކަށް ހުށަހެޅިފައިވާ މީހުން.

ނަމަވެސް، ބަލިމީހާއާ އެއް ފުޅިއަކުން ފެން ބޮއިފައިވާ މީހުންނާއި، އެކުގައި ކައިބޮއި ހަދާފައިވާ މީހުންނާއި ބަލިމީހާގެ ސީދާ ކޮންޓެކްޓުންނާ ދިމާވެފައިވާ މީހުންނަނީ ކްލޯޒް ކޮންޓެކްޓުން ކަމުގައެއް ނުބެލެވޭނެއެވެ.

ބަލިން ރައްކާތެރިވުމަށް އަޅަންވީ ފިޔަވަޅު:

  • ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުން.
  • އަރިދަފުސް ރޯގާ ޖެހިއްޖެނަމަ ކެއްސާ ކިނބިހިއަޅާއިރު އަނގައާއި ނޭފަތް ނިވާކުރުން.
  • ރޯގާޖެހި ކެއްސާނަމަ މީހުން އެއްވެއުޅޭ ތަންތަނަށް ނުދިއުން.
  • ކުޑަކުދިން ކައިރިއަށް ނުދިއުމާއި ކުދިން އުރައިނުހެދުން.
  • އުމުރުން ދުވަސްވީ މީހުންނާއި، އެކި ބަލިތައް ތަހައްމަލުކުރަމުންދާ މީހުންނާއި ކުޑަކުދިން، ގިނައިން މީހުން އެއްވެއުޅޭ ތަންތަނަށް ނުދިއުން

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް