އެމެރިކާގެ ބިލިޔަނަރު އެލޮން މަސްކް އާއި ގުޅުން ގޯސްވެފައި ވަނީ މަސްކް މަސްތުވާތަކެތި ބޭނުންކުރުމާއި ގުޅިފައިވާ ކަމެއް ކަމަށް ގަބޫލުކުރެވޭތޯ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭނާގެ އެހީތެރިންނާއި އެޑްވައިޒަރުންނާއި ސުވާލު ކުރައްވައިފި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
ޓްރަމްޕް މިހެން ވިދާޅުވެފައިވާ ކަމަށް ރިޕޯޓުތައް ބުނާއިރު މަސްކް އާއި ޓްރަމްޕްގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.
ހުކުރު ދުވަހުގެ ރޭ އެއާފޯސް ވަންގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ މަސްކްއާއެކު ހަދާފައިވާ ސަރުކާރުގެ ބައެއް ކޮންޓްރެކްޓްތައް ބާތިލް ކުރުމާ މެދު ވިސްނާނެ ކަމަށެވެ.
މަސްކް އަށް ނިސްބަތްކޮށް ”އެ މީހުންނާއި ނުލައި“ ގައުމު މެނޭޖް ކުރެވޭނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
”ގާތްގަނޑަކަށް އެއްވެސް މީހަކާ ނުލައި އެމެރިކާއަށް ދެމިހުރެވިދާނެ- އަޅުގަނޑު ފިޔަވައި،“ ޓްރަމްޕް ވިދާޅުވި އެވެ.
މަސްކް މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ބުނެ ޓްރަމްޕްގެ އެޑްވައިޒަރުންނާއި ސިއްރުން ސުވާލު ކުރެއްވި ކަމަށް އަޑުތައް ފެތުރިފައިވީ އޭނާ ވަނީ އެކަމާ ބެހޭ ގޮތުން ފާޅުގައި އެއްވެސް އެއްޗެއް ވިދާޅުނުވުމަށް ނިންމަވާފައެވެ.
މީގެ އިތުރުން މަސްކް މަސްތުވާތަކެތި ބޭނުންކުރުމާ ގުޅޭ ގޮތުން ނޫސްތަކުން ގެނެސްދޭ ރިޕޯޓްތަކާ މެދު ކަންބޮޑު ނުވާ ކަމަށް ޓްރަމްޕް ވަނީ މީގެ ކުރިން ބުނެފައެވެ.