ތުރުކްމެނިސްތާނުގެ ކަރާކުން ސަހަރާގައި ގޭހުން އުފެދިފައިވާ ”ނަރަކައިގެ ދޮރުމަތި“ މި ނަންދެވިފައިވާ އަލިފާނޑު އަނދަމުންދާ މިންވަރި ދެބައިކުޅަ އެއްބަޔަށް ދަށް ކުރެވިއްޖެކަމަށް އެގައުމުން މިދިޔަ ބުރާންފަތި ދުވަހު ހާމަކޮށްފިއެވެ. މި އަލިފާންގަނޑު އަނދަން ފެށިކަމަށްބުނެވެނީ ރަޝިޔާގެ ސައިންސްވެރިންނަށް ނޭގުމެއްގެ ތެރޭގައި ބިމުގެ އަޑީގައިހުރި ގޭސްވަޅަކަށް ޑްރިލް ކުރުމުގެ ސަބަބުން 1971 ވަނަ އަހަރުގައެވެ. އެއަށްފަހު އެ ތަން ރޯކޮށްލާފައި ބެހެއްޓީއެވެ. އަނދަމުންދާ މީތޭން ގޭހުގެ ސަބަބުން މޫސުމަށް ބަދަލުތަކެއް އަންނަކަން ވަނީ ފާހަގަކުރެވިފައެވެ.
އެއްދުވަސްވަރެއްގައި ގައުމުގެ ޓްއަރިޒަމަށް ވަރަށް ބޮޑު ހިއްސާއެއް ކުރަމުންގެންދިޔަ މި ސަރަހައްދަށް އައިސްގޮސްއުޅުން މިހާރުއޮންނަނީ ވަރށްބޮޑަށް މަނާކުރެވިފައެވެ. ސަރުކާރުގެ އޮފިޝަލުން ހާމަކޮށްފައިވާގޮތުގައި މީގެކުރިން އެ އަލިފާންގަނޑު އެތައް ކިލޯމީޓރ ދުރަށް ފެންނާނެއެވެ. ނަމަވެސް މިހާރު އަލިފާންގަނޑުވާނީ ވަރަށްބޮޑަށް މައިތިރި ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ނަރަކައިދޮރުން ބޭރަށް ނިކުންނަ އަލިފާންގަނޑު މިހާރު އެވަނީ ހަމައެކަނި ބޭނުންކުރެވޭ ނަމަކަށް ވެފައެވެ. ތުރުކްމެނިސްތާނުގެ ގައުމީ ހަކަތައާއިބެހޭ ކުންފުނި ތުރުކްމެނގްޒާގެ ޑިރެކްޓަރ އައިރީނާ ލުރޔެވާ ވިދާޅުވެފައިވެއެވެ.
ތުރުކްމެނިސްތާނުގެ ވެރިރަށް އަޝްގަބަތުގައި ބޭއްވިގެންދިޔަ ތިމާވެއްޓާބެހޭ ބައްދަލު ވުމެއްގައި ވާހަކަ ދައްކަވަމުން މީތޭން ގޭސް ނެގުމަށްޓަކައި އެ ސަރަހައްދުން މިހާރު އެތައް ތަނެއް ކޮނެފައިވާނެކަމަށް ވެސް އެ ކަމަނާ ވިދާޅުވިއެވެ.
ޖައްވުތެރެއަށް އެންމެ ގިނައިން މީތޭން ގޭސް ޖައްވުތެރެއަށް ލީކް ކުރާ ގައުމަކީ ތުރުކްމެނިސްތާނުކަމަށް ދުނިޔޭގެ ހަކަތައާބެހޭ އޭޖެންސީން ބުނެފައިވެއެވެ. އެކަމަކު ތުރުކްމެނިސްތާނުން ބުނަނީ އެއީ ދޮގެއް ކަމަށެވެ.
ދުނިޔޭގައި މިތޭން ގޭސް އެންމެ ގިނަ 4 ވަނަ ގައުމަކީ ތުރުކްމެނިސްތާނެވެ. މީތޭން ގޭސް ގެ ބޭނުންތަކުގެ ތެރޭގައި ކެއްކުމާއި ގޭތެރެ ހޫނުކުރުމާއި ކަރަންޓް އުފައްދުމަޓަކައި ގޭސް ޓާރބައިންތަކުގެ ފިއުލްގެ ގޮތުގައި ބޭނުންކުރެވެއެވެ.