އަވަށްޓެރި ބައެއް ޤައުމުތަކުގައި ޗިކުންގުންޔާ ދަނީ ހަލުވިކަމާއެކު ފެތުރެމުންކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.
އެޗްޕީއޭއިން މިހެން ބުނެފައިވަނީ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައެވެ.
އެޗްޕީއޭއިން ވަނީ އަވަށްޓެރި ބައެއް ޤައުމުތަކުގައި ހަލުވިކަމާއެކު މި ބަލި ފެތުރެމުންދާތީ އެ ޤައުމުތަކަށް ދަތުރުކުރާ މީހުން ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
އެންމެ ބޮޑު އިސްކަމެއް ދޭންވީ ކަމަކީ މަދިރި ހެފިޔަނުދިނުން ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އެ ގޮތުން، މަދިރި ލޯޝަނާއި ސްޕްރޭ ބޭނުންކުރުމަށާއި، ހަށިގަނޑު ބޮޑަށް ނިވާވާ ކަހަލަ ފޭރާން ލުމަށް ވަނީ އިރުޝާދު ދީފައެވެ.
މަދިރި އެންމެ ގިނަވާނީ ހެނދުނާއި ހަވީރުގެ ވަގުތު ކަމަށާއި، އެ ވަގުތުތަކުގައި ދޮރާއި ކުޑަދޮރުތައް ލައްޕާފައި ބެހެއްޓުމަށްވެސް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.
އަދި އީޑީސް މަދިރި އެންމެ ގިނައިން ހަފާނީ ދުވާލުގެ ވަގުތުގައި ކަމަށާއި، ނަމަވެސް އެންމެ ރަނގަޅު ގޮތަކީ ހުރިހާ ވަގުތެއްވެސް މަދިރިން ރައްކާތެރިވެ ތިބުންކަމަށް އެޗްޕީއޭއިން ބުނެއެވެ.
One Response
raajjeygai fethureykamenneyngeytha