އީދު ބަންދުގައި އެޗްޑީސީގެ ކަސްޓަމަރ ކެއަރ ބަންދުވާނެ

Loading

June 4, 2025
profile
Facebook
Twitter
WhatsApp

ހައްޖު ދުވަހާއި އަޟްޙާ އީދާ ގުޅިގެން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކަސްޓަމަރ ކެއަރ ބަންދުވާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.

އެޗްޑީސީން މިހެން ބުނެފައިވަނީ އެ ކޯޕަރޭޝަންގެ ފޭސްބުކް އެކައުންޓުގައި ކޮށްފައިވާ ޕޯސްޓެއްގައެވެ.

އެޗްޑީސީން ބުނީ ހައްޖު ދުވަހާއި އަޟްޙާ އީދާ ގުޅިގެން މި ޖޫން މަހުގެ 5ން 9ށް އެ ކޯޕަރޭޝަނޫގޭ ކަސްޓަމަރ ކެއަރ ބަންދުވާނެ ކަމަށެވެ.

ހައްޖު ދުވަހާއި އީދު ބަންދުގެ 4 ދުވަހާއެކު މިއަހަރު ސަރުކާރު ބަންދުކުރުމަށް ހަމަޖެހިފައިވަނީ މި ޖޫން މަހުގެ 5ވަނަ ދުވަހުން ފެށިގެން 9ވަނަ ދުވަހާ ހަމައަށެވެ.

އެހެނިހެން އަހަރުތަކުގައި އީދު ބަންދު ނިމިގެން ހަފުތާގެ މެދަށް މަދު ދުވަސްތަކެއް ލިބޭނަމަ އެ ދުވަސްތައް ސަރުކާރު ބަންދު ދުވަސްތަކުގެ ގޮތުގައި ހަމަޖައްސަވައެވެ. ނަމަވެސް މިއަހަރު އެ ގޮތަށް ބަންދު ނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް