މަސްތުވާތަކެއްޗާއެކު މާމިގިލިން ބަޔަކު ހައްޔަރުކޮށްފި

Loading

June 4, 2025
profile
Facebook
Twitter
WhatsApp

މާމިގިލީގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު 5 މީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި އދ އަތޮޅުގައި މަސައްކަތްކުރާ
ފުލުހުންނާއި އިންޓެލިޖެންސް ގުޅިގެން ޖޫން މަހުގެ 2ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ އދ. މާމިގިލި/ ރީފްސައިޑް، ރިސްވާން އިބްރާހީމް (30އ) އާއި އދ. މާމިގިލި / ވިލެޖް، އަޙްމަދު ފިރުޝާން (28އ) އާއި އދ. މާމިގިލި / ރޯޅި، މުޙައްމަދު ޝަހުދު (27އ) އާއި އދ. މާމިގިލި / ކުވައިތު، މުޙައްމަދު މަޙްމޫދު (34އ) އަދި އދ. މާމިގިލި / އެވަރެސްޓް، ޢަލީ ޝާނީޒް (39އ) އެވެ.

މި 5 މީހުން ހައްޔަރުކޮށް އެމީހުންނާގުޅޭ 7 ތަނެއް ބަލައިފާސްކުރިއިރު 9.68 ގްރާމްގެ މަސްތުވާތަކެތި ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.

މިބމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ރިސްވާން އިބްރާހީމާއި މުޙައްމަދު މަޙްމޫދަށް 15 ދުވަހުގެ މުއްދަތެއް، އަދި އަޙްމަދު ފިރުޝާނާއި މުޙައްމަދު ޝަހުދާއި ޢަލީ ޝާނީޒް ބަންދުގައި ބެހެއްޓުމަށް 5 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އދ. މާމިގިލީ ފުލުހުން މި މައްސަލަ މިހާރު ދަނީ ތަހުގީގުކުރަން ކުރަމުން ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް