ޖާހު އިންވެސްޓްމަންޓުން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހަދަމުން އަންނަ ”ދަ ގާޑަންސް“ ފްލެޓްތަކުގެ ނުނިމިހުރި މަސައްކަތްތައް ނިންމުމަށް އާރްސީސީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މި މަސައްކަތް އާރްސީސީއާ ހަވާލުކޮށްފައި މި ވަނީ 20 މިލިއަން ރުފިޔާއަށެވެ.
މި މަސައްކަތާގުޅޭ އެއްވެސް ތަފުސީލެއް އެޗްޑީސީން އަދި މީޑިއާއާ ހިއްސާކޮށްފައެއް ނުވެއެވެ.
މި ފްލެޓްތަކަކީ 2017 ވަނަ އަހަރު ހަދަންފެށި ފްލެޓްތަކެކެވެ. އެއީ 2 އަހަރުދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. ނަމަވެސް މަސައްކަތް ނުނިމި ލަސްވާތީ، އެތަނުގެ އެޕާޓްމަންޓް ގަތް މީހުން މުޒާހަރާވެސް ކުރިއެވެ.
މި ފްލެޓްތަކުގައި ހިމެނޭ ޖުމްލަ 83 އެޕާޓްމަންޓުގެ ތެރޭން ގިނަ ތަންތަން މިހާރު ވަނީ ވިކިފައެވެ.