ހައްޖުވެރިން އެއްތަނުން އަނެއްތަނަށް ކުރާ ދަތުރުތަކުގައި ފަސޭހަ ކޮށްދިނުމަށްޓަކައި ހަރަމްފުޅުގެ ވަށައިގެންވާ ސަރަހައްދު ތަކަށް ބޮޑެތި އިންފްރާ ސްޓްރަކްޗާ، އަދި އާބަން ޑިވެލޮޕްމަންޓް ބަދަލުތަކެއް ގެނެސްފިއެވެ.
މި ބަދަލުތައް ގެނެސްފައިވަނީ ހިނގާފަ ދާންޖެހޭ ތަންތަނަށް ދާން ފަސޭހަ ކޮށް ދިނުމަށާ ބައިބޯވުން ހުއްޓުވުމަށާ އަދި މެޑިކަލް ޓީމްތައްފަދަ، ހަރަމްފުޅުގެ ވަށައިގެންވާ ސަރަހައްދު ތަކަށް ކޮންމެހެން ވާސިލުވާންޖެހޭ ފަރާތްތަކަށް ފަސޭހައިން ވާސިލްވެވޭނެ ގޮތް ހެދުމެވެ.
މި ޕްރޮޖެކްޓްގެ ދަށުން 235،000 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ތަކާއި ވޯކްވޭ ތައް ފުޅާ ކޮށްފައި ވެއެވެ. އެހެންކަމުން ދުއްވާ އެއްޗެތީގައި ގޮސް ފައިބާ ތަންތަނުން ހަރަމް ފުޅަށް ދިއުމަށް އިތުރަށް ފަސޭހަވެގެން ދާނެއެވެ.
ހަމަ މިޕްރޮގްރާމްގެ ދަށުން، 30،000އަކަމީޓަރުގެ އިތުރު ސަރަހައްދުވަނީ ހިޔާވެސް ކޮށްފައެވެ.އެއީ ހިނގާފަ ކުރާ ދަތުރު ތަކުގަޔާއި އަދި ތަންތަނުގައި މަޑުކޮށްގެން ތިބޭއިރު، ކުރިމަތިވާނެކަމަށް ބެލެވޭ ގަދަ ހޫނުން ހައްޖުވެރިން ސަލާމަތް ކުރުމަށްޓަކައެވެ.
މީގެ އިތުރުން ނަމާދުކުރެވޭގޮތަށް ހަރަމް ފުޅުގެ ވަށައިގެން އޮންނަ ސަރަހައްދު ތައްވެސް ވަނީ އިތުރު 60،ހާހެއްހާ މީހުންނަށް ނަމާދަށް އެރޭ ވަރަށް ބޮޑުކޮށްފައެވެ.
ގަދަ ހޫނުގެ އަސަރު ކުޑަކުރުމަށްޓަކައި މުހިންމު ހަ ސައިޓެއް ގައި ހޫނު މަޑުކުރާ ސާފަސް ކޯޓިންގ ވަނީ ބޭނުންކޮށްފައެވެ.މިކަމުގެ ސަބަބުން 50،00އަކަމީޓަރުގެ ސަރަހައްދެއްގައި ހޫނުމިން 15ޑިގްރީވަރު ދަށްވާނެ ކަމަށް ވެއެވެ.
އުމުރުން ދުވަސްވީމީހުންނާއި ނުކުޅެދޭ މީހުންގެ ފަސޭހައަށް ޚާއްސަ މަގުތަކެއްގައި ބޭނުން ކުރެވޭ ގޮތަށް އިލެކްޓްރިކް ގޮލްފް ކާޓްތައްވެސް ވަނީ ފަސޭހައިން ލިބޭގޮތަށް އަތުރާފައެވެ.
މައުލޫމާތު : ސައޫދީ ގެޒެޓް