”ޕްރެކްޓިސް ޕާލަމެންޓް ފޮރ ވިމެން“ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

Loading

June 2, 2025
profile
Facebook
Twitter
WhatsApp

”ޕްރެކްޓިސް ޕާލަމެންޓް ފޮރ ވިމެން“ގެ މި އަހަރުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިއީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާ ގުޅޭގޮތުން އަންހެނުން ތަމްރީނުކުރުމަށްޓަކައި، ޔޫއެންޑީޕީ މޯލްޑިވްސް، ރައްޔިތުންގެ މަޖިލިސް، އޮސްޓްރޭލިއަން އެއިޑް އަދި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާ ގުޅިގެން ސިލްސިލާކޮށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

”ޕްރެކްޓިސް ޕާލަމެންޓް ފޮރ ވިމެން“ގެ މި އަހަރުގެ ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ 5ން 12އަށެވެ.

މިއީ 25 އަހަރުން މަތީގެ އަންހެނުންނަށް ބައިވެރިވެވޭގޮތަށް ބާއްވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން ފޯމު ހުށަހަޅަންޖެހެނީ ޖޫން 10ވަނަ ދުވަހުގެ ކުރިންނެވެ.

މި ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ބެޗުތަކަކަށް ބަހާލައިގެން، ކޮންމެ ބެޗެއްގައި ގިނަވެގެން 40 މީހުން ހިމެނޭގޮތަށެވެ.

މި ޕްރޮގްރާމަށް މީހުން ހޮވާއިރު، ސިޔާސީ ޕާޓީތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، އެންޖީއޯތަކާއި، އިޖްތިމާޢީ ހަރަކާތްތަކުގައި ލިބިފައިވާ ތަޖުރިބާއަށް ބަލާނެކަމަށް ޔޫއެންޑީޕީން ބުނެއެވެ.

2021ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ މި ޕްރޮގްރާމުގެ މަގުސަދަކީ މުޖުތަމަޢަށް ހެޔޮ ބަދަލުތައް ގެނެސްދޭ ބަޔަކަށް އަންހެނުން ހެދުމެވެ. އަދި އިންތިޚާބުކުރެވޭ މަގާމުތަކަށް ވާދަކުރުމުގެ ފުރުސަތު އަންހެނުންނަށް ހޯދައިދީ، ޚާއްޞަކޮށް ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ އަންހެނުންގެ ގާބިލުކަމާއި ހުނަރު އިތުރުކޮށް، އިންތިޚާބުކުރެވޭ މަގާމުތަކަށް ވާދަކުރުމަށް ބޭނުންވާ ހުނަރާއި ޢިލްމު ފޯރުކޮށްދިނުމެވެ.

މި ޕްރޮގްރާމުގައި މަދަނީ ތަޢުލީމުގެ މުހިންމު ބައިތަކާއި، ރައްޔިތުންގެ މަޖިލީހުގެ މުހިންމު މަސައްކަތްތަކާ ގުޅޭގޮތުން ބައިވެރިންނަށް މަޢުލޫމާތު ދެވޭނެއެވެ. އަދި ބައިވެރިންގެ މެދުގައި މަޖިލީހުގެ ޖަލްސާގެ ނަމޫނާ މާދިރީއެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ޔޫއެންޑީޕީން ބުނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މި ޕްރޮގްރާމުގައި ޖާގަ ޚާއްޞަކުރެވޭނެ ކަމަށާއި، އަދި ތަރުޖަމާނުންގެ އެހީ ބޭނުންވާނަމަ ތަރުޖަމާނުން ހަމަޖައްސައިދެވޭނެ ކަމަށެވެ.

މީގެ އިތުރުން، ޕްރޮގްރާމުގައި ބައިވެރިވުމަށް ރަށްރަށުން އަންނަ ފަރާތްތަކަށް ދަތުރުފަތުރުގެ އިންތިޒާމުވެސް ހަމަޖައްސައިދެވޭނެ ކަމަށް ޔޫއެންޑީޕީ މޯލްޑިވްސްއިން ބުނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް