ހައްޖުވެރިންނަށް ޚާއްސަ ވަގުތީ ހޮސްޕިޓަލެއް އަރަފާތު ބިމުގައި ހުޅުވައިފިއެވެ. ހޮނިހިރު ދުވަހު ހޮސްޕިޓަލް ހުޅުވާދެއްވާފައިވަނީ އިންޓީރިއަރ މިނިސްޓަރ އަދި ޗެއާމަން އޮފްދަ ސުޕްރީމް ހައްޖު ކޮމިޓީ ޕްރިންސް އަބްދުލްއަޒީޒް ބިން ސައުދު ބިން ނާއިފް އެވެ.
އަލަށް ހުޅުވި ފީލްޑް ހޮސްޕިޓަލުގައި ސަތޭކަ އެނދާއެކު ހުރިހާ ޑިޕާޓްމަންޓަކުން ވެސް އެންމެ ފަހުގެ މެޑިކަލް އާލާތް ހިމެނެއެވެ.ހޮސްޕިޓަލްގައި ޚާއްސަ ތަމްރީން ދެވިފައިވާ މެޑިކަލް ސްޓާފުން ގެ އިތުރުން ނަރުހުންނާއި ޓެކްނިކަލް ސްޓާފުން ހައްޖުވެރިންނަށް ކުރިމަތިވާ އިމަޖެންސީ ސިއްހީ މައްސަލަ ތައްބަލާ ފަރުވާ ދިނުމަށް 24 ގަޑިއިރު ހަރަކާތްތެރިވާނެއެވެ.
މި ޕްރޮގްރާމްގެ ދަށުން ޚާއްސަ ހެލްތު ”ބްރޭސްލެޓް“ ނުވަތަ އަތުގަ އަޅާ ތަނޑިއެއް ޒާތު ޑިވައިސް އެއްވަނީ ތައާރަފް ކޮށްފައެވެ. ހައްޖުގެ ސަލާމަތާ ރައްކާތެރިކަން ބެލެހެއްޓުމަށް ހަރަކާތްތެރިވާ އެތައްހާސް ސިފައިންނާއި ފުލުހުން ހިމެނޭ ގޮތުން ސެކިއުރިޓީ މީހުން ނަށް ޚާއްސަކޮށްގެން ތައާރަފް ކުރެވުނު ބްރޭސްލެޓް އެޅުމުން އެމީހުންގެ ވައިޓަލް ސައިންތައް، ކޮމާންޑް ސެންޓަރުން ބަލާލެވޭނެއެވެ. އަދި އެއިން މީހަކު ބަލިވެއްޖެ ނަމަވެސް ވަގުތުން އެލާޓް ލިބި ފަރުވާގެ ކަންތައް ފެއްޓޭގޮތަށް ނިޒާމް ވަނީ ހަމަޖައްސާފައެވެ.
ހޮނިހިރު ދުވަހު ޕްރިންސް އަބްދުލް އަޒީޒް ވަނީ މީޑިޔާ އޮޕަރޭޝަންސް ސެންޓަރ އަށްވެސް ޒިޔާރަތް ކުރައްވާ މީޑިޔާގެ ކަންކަން ހިނގާ ނުހިނގާގޮތް ވެސް ބައްލަވާ ލައްވާފައެވެ.