ގަވައިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ދެނެގަތުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނުންފެށި އޮޕަރޭޝަނުގައި 35 މީހުން އެ އިދާރާގެ ބެލުމުގެ ދަަށަށް ގެނެސްފިއެވެ.
މޭ މަހުގެ 31 ވަނަ ދުވަހުގެ ހެނދުނު 7.30ން 9.15އާާ ދެމެދު ހިންގި މި އޮޕަރޭޝަނުގައި ވަނީ މާލޭގައި ބިދޭސީން އާންމުކޮށް އެއްވެއުޅޭ ދެ ސަރަހައްދެއް ބަލައިފާސްކޮށްފައެވެ.
މިގޮތުން ބަލައިފާސްކުރި ދެ ސަރަހައްދަކީ ހީނާމާގޭ ޕާކިންގ ސަރަހައްދާއި ޒިކުރާ މިސްކިތް ހިމެނޭ ސަރަހައްދެވެ.
މި އޮޕަރޭޝަނުގައި 121 މީހުން ބަލައިފާސްކޮށް، ގަވައިދާ ޚިލާފަށް އުޅެމުންދިޔަ 35 ފަސް މީހުން ވަނީ އިމިގްރޭޝަނުގެ ބެލުމުގެދަށަށް ގެންގޮސްފައެވެ.
މީގެއިތުރުން، މޭ 29ވަނަ ދުވަހުގެ ރޭ އިމިގްރޭޝަނުން ވަނީ 2 ތަނެއް ބަލައިފާސްކޮށް، ޖުމްލަ 102 ބިދޭސީން ޗެކްކޮށްފައެވެ.
އޭގެތެރޭން ސައްހަ ލިޔެކިއުން ނެތި އުޅެމުންދިޔަ 25 މީހަކު ވަނީ އިމިގްރޭޝަނުގެ ބެލުމުގެދަށަށް ގެންގޮސްފައެވެ. އެއީ ހެންވޭރުގައި ހުންނަ ގެއަކުން 7 މީހުންނާއި، މާފަންނު ހަވީރީ ގޯޅީގައި ހުންނަ ބިދޭސީން ދިރިއުޅޭ ތަނަކުން 18 މީހުންނެވެ.