ޖަލުބަންދު ނޫން އަދަބުތައް ތަންފީޒުކުރުމަށް އެމްސީއެސްއާއި އައްޑޫ ސިޓީ ކައުންސިލުން ފަހުމުނާމާއެއްގައި ސޮއިކޮށްފި

Loading

May 30, 2025
profile
Facebook
Twitter
WhatsApp

ޖަލު ބަންދު ފިޔަވައި ކަނޑައެޅޭ އިތުރު އަދަބުތައް ތަންފީޒުކުރުމަށް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)އިން އައްޑޫ ސިޓީ ކައުންސިލާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މޭ މަހުގެ 29ވަނަ ދުވަހު އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައި ބޭއްވި މި ރަސްމިއްޔާތުގައި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރެވެ. އަދި އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރެވެ.

މި ރަސްމިއްޔާތުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި އައްޑޫ ސިޓީ ކައުންސިލުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ. އަދި ދެ މުއައްސަސާގެ މުވައްޒަފުންވެސް ބައިވެރިވިއެވެ.

މި ފަހުމުނާމާގެ ދަށުން، ކޯޓުތަކުން ކަނޑައަޅާ އަދަބުގެ ބާވަތާ ގުޅިގެން ޤައިދީއަކު ވަކި ތަޢުލީމީ ޕްރޮގްރާމެއް ނުވަތަ އެނޫންވެސް ޕްރޮގްރާމެއްގައި ބައިވެރިކުރުމަށް އަމުރުކުރާ ހާލަތުގައި، ސަރުކާރުގެ އިދާރާތަކުންނާއި ކުންފުނިތަކުން އެއިރަކު ކުރިއަށް ގެންދާ ޕްރޮގްރާމެއްގައި ބައިވެރިކުރުމަށް އައްޑޫ ސިޓީ ކައުންސިލުން އެމްސީއެސްއަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

މީގެއިތުރުން، މުޖުތަމަޢަށް ޚިދުމަތްކުރުމަށް ކުރެވިދާނެ މަސައްކަތްތައް ދެނެގަތުމަށްޓަކައި އައްޑޫ ސިޓީ ކައުންސިލުންނާއި، ގުޅުން ހުރި އެންޖީއޯތަކުންނާއި، އެހެންވެސް ދާއިރާތަކުގެ މަޢުލޫމާތު ހޯދައި އެމްސީއެސްއާ ހިއްސާކޮށް، އެކަން އިންތިޒާމުކުރުމުގައި އެމްސީއެސްއަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

އަދި ކަނޑައެޅޭ އަދަބުތައް ތަންފީޒުކުރުމުގެ މުއްދަތުގައި، ޤައިދީން މުޖުތަމަޢު ބަލައިގަންނަ މީހުންނަށް ހެދުމާއި، މިކަމުގައި މުޖުތަމަޢުގެ ދައުރު ބަޔާންކޮށްދީ އާންމުން ހޭލުންތެރިކުރުމުގައި އެމްސީއެސްއަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް