އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ކަމަލާ ހަރިސް ބަލިކޮށް ޑޮނާލްޑް ޓްރަމްޕް ކާމިޔާބު ކުރެއްވުމުން އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ހުންނެވީ ވަރަށް އުފަލުންނެވެ. އިސްރާއީލުގެ ޓީ ވީ ޗެނަލް 14 (އެމެރިކާގެ ނިސްބަތުން ފޮކްސް ނިއުސް) ގެ އެނައުންސަރ ލައިވް ކޮށް ޑޮނާލަޑް ޓްރަމްޕްގެ ކާމިޔާބީއަށް ޓޯސްޓެއް ހުށައެޅިއެވެ.
އިސްރާއީލުގެ ޕްރިމިއަރ ރައިޓ-ވިންގް އަލްޓްރާނޭޝަނަލިސްޓް ޓޯކް-ޝޯގެ ހޯސްޓް ޔިނޯން މަގަލް އިސްރާއީލުގެ މުނިފޫހިފިލުވުމުގެ ސެލެބްރިޓީން ލައްވާ ޓްރަމްޕް އަށް ތާއީދު ކުރާކަމުގެ ސޮއި ހޯދަމުންދިޔައިރު ޓީވީ ސްކްރީންގައި ޓްރަމްޕް ހުންނެވީ ދަތްދިލުވައިގެންނެވެ. އެ ހަފްލާގައި ނަތަންޔާހޫވެސް ޓްރަމްޕްގެ 2 ވަނަ ދައުރަށް މަރުހަބާ ދެންނެވިއެވެ. ޑޮނާލްޑް ޓްރަމްޕް އެމެރިކާގެ ރިޔާސަތަށް 2 ވަނަ ފަހަރު ވަޑައިގަތުމަކީ އިސްރާއީލުގެ ކާމިޔާބީއެއްކަމަށް ނަތަންޔާހޫ ދެކޭތީއެވެ. ނަތަންޔާހޫއަށް އެ ހީކުރެވުނީ ރަނގަޅަށް ނޫންކަން މިދިޔަ ހުކުރުދުވަހު އިހްސާސްކުރެވިއްޖެ ކަހަލައެވެ.
ރައީސް ޓްރަމްޕް މެދުއިރުމައްޗަށް ކުރެއްވި ދަތުރުފުޅުގައި އެމެރިކާގެ އެންމެ ގާތް ބައިވެރިންނާއެކު ވިޔަފާރީގެ އަހުދު ކަށަވަރުކޮށް މަޖާކޮށް ހެއްދެވިއިރު ބައިވެރި ނުކުރަނީ ހަމައެކަނި އެންމެ ގައުމެކެވެ. އިސްރާއީލަށް ދައުވަތު ދީފައެއް ނުވެއެވެ. އަދި ސައޫދީ އެރޭބިއާގައި އިއްވި ރައީސް ޓްރަމްޕްގެ ޚާރިޖީ ސިޔާސަތުގެ ތަގްރީރުގައި އިސްރާއީލުގެ ނަންވެސް ނުގެންނަވައެވެ.
ފާއިތުވެގެންމިދާ ކައިރި ދުވަސްތަކުގައި އީރާނާއެކު މުޅިން އާ ނިއުކްލިއަރ ޑީލަކަށްދާންރައީސް ޓްރަމްޕް މަސައްކަތްކުރައްވަމުންގެންދަވާތީ ނަތަންޔާހޫ ހުންނަނީ ހައިރާންވެފައެވެ. ހޫތީ މުޖާހިދުން މެދުނުކެނޑި އިސްރާއީލަށް ހަމަލާދެމުން ގެންދަނިކޮށް ހޫތީމުޖާހިދުންނާ ދެކޮޅަށް އެމެރިކާއިން އިސްވެގެންއޮވެ ދެމުން ގެންދާ ހަމަލާތައް ދެން ކުރިއަށް ނުގެންދަން ނިންމެވުމުން ނަތަންޔާހޫއަށް ވާނުވާ އޮޅިއްޖެއެވެ. އަދި އިސްރާއީލަށް ނާންގާ ވަލުދޮރާށިންވަދެ ގައްޒާގައި ރަހީނުކޮށްފައިހުރި އެމެރިކާގެ އީޑާން އެލެގްޒެންޑަރ މިނިވަންކުރަން މަސައްކަތްކުރަން ފެށުމަކީ ނަތަންޔާހޫއަށް ގަބޫލުކުރަންވެސް އުދނގޫވި ކަމެކެވެ.
މިތާނގައި ނޭންގޭ ކަންތައްގަނޑެއް ހިނގަމުން އެބަދާކަމަށް އިސްރާއީލުން އެމެރިކާއަށް ކުރިން ކަނޑައަޅުއްވާފައި ހުންނެވި ސަފީރު މިދިޔަ ހަފުތާގައި ދެއްވި އިންޓަރވިޔު އެއްގައި ބުނެފައި ވެއެވެ.
ރައީސް ޓްރަމްޕް ކަންތައް ކުރައްވާ ގޮތަށް ބަލާއިރު މިއީ އާންމު ކަމެކެވެ. އެމަނިކުފާނުގެ ކޮންމެ ހަރަކާތެއް ބިނާކުރައްވާނީ އެމަނިކުފާނުގެ ޖީބަށް އެންމެ ފައިދާ ބޮޑު ގޮތަކަށެވެ. މޫނާ ކަނދުރާއަށް ބައްލަވާނީ ފައިސާ ލިބޭ މިންވަރެއްގެ މައްޗަށެވެ. ރައީސް ކަމުގެ ފުރަތަމަ ދައުރުގައި ބައިނަލް އަގްވާމީ ދަނޑުގައި ކާމިޔާބު ރައީސެއްގެ ގޮތުގައި ފާހަގަވެގެން ދިއުމަށް ބޭނުންފުޅު ވިއެވެ. އަބްރަހަމް އެކޯރޑްގެ ނަމުގައި އިސްރާއީލުން އެކަމުގައި ބައިވެރިވެ މަގުފަހިކޮށްދިނެވެ. އެ ކަންތަކުގެ ބޮޑު ހިއްސާއެއް ފުރިހަމަކޮށްދިނީ ރިޔާސީ ގަނޑުވަރުގެ މުއައްޒިފުންނެވެ. މިދައުރުގައި ރައީސް ޓްރަމްޕްއަށް އެ މަގުތައް އޮތީ ހުޅުވިފައެވެ. މެދުއިރުމަތީގެ ކާމިޔާބީއަށް އޮތް ހަމައެކަނީ ހުރަހަކީ ގައްޒާގައި އިސްރާއީލުން ކުރަމުންގެންދާ ހަނގުރާމައެވެ.
ބޮޑުވަޒީރު ނަތަންޔާހޫގެ ހުރިހާ އުންމީދެއް އޮތީ ރައީސް ޓްރަމްޕްގެ މައްޗަށް ދޭކޮށްލާފައެވެ. އެހެންނަމަވެސް ނަތަންޔާހޫއަށް މިއަދު ޖެހިފައި އޮތީ އޭނާއަށް ވަސިއްޔަތު ނާމާއިން ލިބިފައިވާ އެތިއެތިކޮޅަށްވެސް އަގުއަދާކުރުމަށްޓަކައި ހޭދަކުރަން ޖެހިދާނެ ކަމުގެ އިންޒާރާ ކުރިމަތިލާން ޖެހިފައެވެ.
ނަތަންޔާހޫ ދެކޭގޮތުގައި އޭނާގެ އަގީދާ ބެހިގެންވަނީ 2 ބަޔަކަށެވެ. ފުރަތަމަ ބަޔަކީ އޭނާ ކޮންމެ ކަމެއް ކުރިޔަސް ކިތަންމެބޮޑު އަނިޔާވެރިއެއްކަމުގައި ދުނިޔެއިން ދުށް ކަމުގައިވިޔަސް އޭނާއަކީ އިސްރާއީލުގެ ޕްރޮޓެކްތަރެވެ. ބައެއް ފަހަރު އޭނާގެ ފަލްސަފާ ނުވަތަ މަގްސަދަކީ ކޮބައިތޯ ސުވާލުކުރުމުން ދޭ ޖަވާބަކީވެސް އަހަރެން ނެތް ދުވަހަކުންވެސް އަހަރެންނަކީ އިސްރާއީލުގެ ޕްރޮޓެކްޓަރ ކަން އިސްރާއީލުގެ ރައްޔިތުން ގަބޫލުކުރާނެއެވެ. މި ގައުމު ދުވަހަކުވެސް ބިރުން ފަހަތަކަށް ނުޖެހޭނެއެވެ. އަހަރެންގެ ލީޑަރޝިޕްގައި އިސްރާއީލު ބިރުން ފަހަތަކަށް ނުޖެހޭނެއެވެ. ނާޒީންގެ ހޮލޯކާސްޓަށްފަހު އައި އެންމެ ބޮޑު ނުރައްކަލަކީ ހަމާސް އިން ކުރިމަތި ކުރަމުންދާ ނުރައްކަލެވެ. އެކަމަކު މުޅިދުނިޔެއަށް މިހާރު ނަތަންޔާހޫއަކީ މިސްޓަރ ސެކިއުރިޓީ އެއް ނޫނެވެ. އިސްރާއީލުގެ ކުރީގެ ޑިފެންސް ފޯރސްގެ ޑެޕިއުޓީ ޗީފް ޔައިރް ގޯލަން ވެސް މިމަހު 20 ވަނަ ދުވަހު ދިން ރޭޑިއޯ އިންޓަރވިއު އެއްގައި ބުނެފައިވަނީ އެއްވެސް ހިއްސެއް ސަލާމަތުން ހުރި ބަޔަކު ކުޅިވަރަކަށް ފައިނުފުރޭ ކުޑަކުދިން ނުމަރާނެއެވެ.
ނަތަންޔާހޫގެ ދެވަނަ ވިސްނުމަކީ އޭނާއަކީ ޖިއޯޕޮލިޓިކަލް މައިދާނުގެ ލާމަސީލު މިސާލެކެވެ.
އެމެރިކާގެ ޖާރނަލިސްޓް ޔައިރް ރޯޒެންބާރގް ދެކޭގޮތުގައި ރައީސް ޓްރަމްޕް ތާއީދު ކުރައްވަނީ އިސްރާއީލުގެ ރައްޔިތުންނަށެވެ. ނަތަންޔާހޫއަކަށް ނޫނެވެ. އެހެންނަމަވެސް 2019 ގައި ނަތަންޔާހޫގެ އިންތިޚާބީ ކެމްޕޭނުގައި އޭނާގެ އެންމެ ގާތްކަމަށް ދެކޭ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯޑީއާއި ރަޝިޔާގެ ރައީސް ޕޫޓިން އަދި އެމެރިކާގެ ރައީސް ޓްރަމްޕް އާއި ސަލާން ކޮށް ނަގައިފައިވާ ބޮޑެތި ފޮޓޯތަކުން މަގުތައްވަނީ ފުރާލާފައެވެ. ނަތަންޔާހޫ އަކީ އޭނާގެ ދޫ ފަސޭހަ އިނގިރޭސިބަހުން ވާހަކަދެއްކުމުގައި ދުނިޔޭގެ ބާރުގަދަ ބޭފުޅުންގެ ސިކުނޑިތާކާވެސް ކުޅެލުމުގެ ގާބިލްކަން ލިބިވައިވާ މީހެކެވެ.
ބެލެވޭގޮތުގައި ރައީސް ޓްރަމްޕް އެ ގެންދަވަނީ ނަތަންޔާހޫ އޭނާގެ ސައިޒުގެ ބޫޓަކަށް އަރުވަމުންނެވެ. އަދި އެއީ 7 އޮކްޓޯބަރ ގައި ހަމާސް އިން ދިން ހަމަލާގެ ދުވަހަށްވުރެންވެސް ނަތަންޔާއަކީ ބޮޑު މޮޔައެއް ކަމަށް ދެއްކުންވެސް މެއެވެ. މިހާރުވެސް ރައީސް ޓްރަމްޕް ދެކެވަޑައިގަންނަވާ ގޮތުގައި ނަތަންޔާހޫއަކީ އެއްވެސް މީހެއް ނޫނެވެ. އެމަނިކުފާނުގެ ބަހުރުވައިން ބުނާނަނަ އިސްރާއީލުގެ ބޮޑުވަޒީރަކީ ހީބުރޫ ބަހުން ފްރައިއަރ އެކެވެ. އިނގިރޭސި ބަހުން ބުނާނަމަ ސައިކޯއެއް ނުވަތަ ސަކަރ އެކެވެ. އަސްލު ލިއުމުގައި އެ ބަސްތައް ބޭނުން ކޮށްފާ ހުރުމުގެ ސަބަބުން އަޅުގަނޑުމެން އެ ބަސްތައް ބޭނުންކުރީއެވެ.
މިހާރު އަންނަމުން މިދާ ބަދަލުތައް އިސްރާއީލުގެ ތާރޑް ގްރޭޑް ޕްރޮ-ގަވަރންމެންޓް ޓީ ވީ ޗެނަލް 14 އަށް ފާހަގަ ނުކުރެވި އޮވެދާނެއެވެ. އެކަމަކު ނަތަންޔާހޫ އަށް ހަމަކަށަވަރުންވެސް އެނގޭނެއެވެ. އެމެރިކާގައި އިސްރާއީލުން އެއް ޓްރިލިއަން ޑޮލަރ އިންވެސްޓްކޮށް އެމެރިކާގެ ރައީސަށް ލަގްޒަރީ އެއާރކްރާފްޓް ހަދިޔާކުރެވޭނެ ގާބިލްކަމެއް ނެތެވެ. މި ހަގީގަތް ބޮޑުވަޒީރު ނަތަންޔާހޫ ގަބޫލު ކުރަން ޖެހޭނެކަމަށް އެ ގައުމުން އެމެރިކާއަށް މީގެ ކުރިން ކަނޑައަޅާފައި ހުރި ސަފީރު އޯރެން ބުނެފައިވެއެވެ. އެކަމަކު އެ ހަދިޔާ ގަބޫލުކުރިއިރު އެމެރިކާއިން އެއާރފޯސް -1 އެއް އިންތިޒާމްކުރަން ނުވަ އަހަރުދުވަސް ނެގުމަކީ އެއީ ގައުމު ލަދުގަންނަނަޖެހޭ ކަމެކެވެ.
ނަތަންޔާހޫވެސް ގޮތް ދޫކުރާކަށް ބޭނުމެއް ނުވެއެވެ. ރައީސް ޓްރަމްޕްގެ ސިޔާސަތާ އެއްގޮތަށް ދީއްލާލައިފިނަމަ ގައްޒާގެ ހަނގުރާމަ ހުއްޓާލަންޖެހި އަދި ފަލަސްތީނުގެ މިނިވަންދައުލަތެއް އުފެއްދުމަށް ދެކޮޅުހެދުންވެސް ހުއްޓާލަންޖެހިދާނެއެވެ.
ގަތަރުގެ ވެރިރަށް ދޯހާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމުގެ ވާހަކަތަކުން އިސްރާއީލު މުޅިން ވަކިވާން ނިންމައިފިއެވެ. އިސްރާއީލު ސަރުކާރުގެ މި ފިޔަވަޅުގެ ސަބަބުން މިހާރު މިނިވަން ނުވެތިވި ރަހީނުންގެ އާއިލާތަކުން ސަރުކާރާ ދެކޮޅަށް ރުޅިވެރިކަން ފާޅުކުރަމުން އެބަ ގެންދެއެވެ.
އިސްރާއީލުގެ ދެކޮޅުވެރި ހަމަލާރައް ހުއްޓުވުމުގެ ކުރިން ރަހީނުން މިނިވަން ނުކުރާނެކަމަށް ހަމާސް އިންގެންދަނީ ބުނަމުންނެވެ. އިސްރާއީލުން ހަމަލާތައް ހުއްޓުވާނެކަމަށް ބުނަނީ ހަމާސްއިން އަމާންދީ ގައްޒާއިން ފައިބައިގެން ދިއުމަށްފަހުގައެވެ.