މޯލްޑިވްސް ޕޯސްޓުގެ ނަމުގައި ފޮނުވަމުންދާ ސްކޭމް މެސެޖުތަކަކާމެދު ސަމާލުވުމަށް އެދިއްޖެ

Loading

May 29, 2025
profile
Facebook
Twitter
WhatsApp

މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ ނަމުގައި ފޮނުވަމުންދާ ސްކޭމް މެސެޖުތަކަކާމެދު ސަމާލުވުމަށް އެ އޮފީހުން އެދިއްޖެއެވެ.

ޕޯސްޓު އޮފީހުން މިހެން ބުނެފައިވަނީ އެ އޮފީހުގެ ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއްގައެވެ.

ޑެލިވަރީ އެޑްރެސް ރަނގަޅު ނޫންކަމަށާއި އަލުން އެޑްރެސް ފޮނުވައިދިނުމަށް އެދި، ލިންކެއް ހިމެނޭހެން ފޮނުވަމުންދާ މި މެސެޖަކީ އެ އޮފީހުން ފޮނުވާ މެސެޖުތަކެއް ނޫންކަމަށް މޯލްޑިވްސް ޕޯސްޓުން ވަނީ ބުނެފައެވެ.

މޯލްޑިވްސް ޕޯސްޓުން އެއްވެސް ކަސްޓަމަރެއްގެ ޑެލިވަރީ އެޑްރެސް ހޯދުމަށް މެސެޖު ނުކުރާނެކަމަށް އެ އޮފީހުން ބުނެފައިވެއެވެ. އެހެންކަމުން، އެގޮތަށް ފޮނުވާ ލިންކުތަކަށް ނުވަނުމަށާއި، ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމަށް އެ އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

މި މެސެޖުތައް ދައުރުވަމުން މި ދަނީ، ބޮޑު އީދާ ދިމާކޮށް އޮންލައިންކޮށް ކޮށްފައިވާ އޯޑަރުތަކެއް ނުލިބި ލަސްވެގެން ގިނަ ބަޔަކު ޝަކުވާ އުފުލަމުންދާ ދަނޑިވަޅެއްގައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް