ގަހަށް އެރި ބޮއް

Loading

Facebook
Twitter
WhatsApp

އެއްދުވަހަކު ބޮކެއް ވަރަށް ބިޔަ ބޮޑު ގަހަކަށް އަރަން ގަސްތު ކުރިއެވެ. ބޮއް ގަހަށް އަރަން ފެށުމާއިއެކު ތިރީގަ ތިބެ އެހެން ހުރިހާ ބޮއްތައް ހަޅޭއްލަވަން ފެށިއެވެ.
“އޭ ނާރާ“
”ތިޔަގަސް މާބޮޑެއްނު“
އޭ އެހާމައްޗަކަށް ނޭރޭނެ“
ބޮއް މިއިން އެއްވެސް އަޑެއް ނާހައެވެ. އަރަމުން އަރަމުން ގެންދިޔައެވެ.ފަހަރަކު ފިޔަވަޅެއް ފަހަރަކު ފިޔަވަޅެއް އަޅަމުންނެވެ.އެންމެ ފަހުން ގަހުގެ އެންމެ ކުރިޔަށް ފޯރައިފިއެވެ.
ބޮއް އެންމެ މައްޗަށް އެރުމުން ތިރީގަ ތިބި ހުރިހާ ބޮއްތައް ތިބީ ހައިރާންވެ އާޝޯޚް ވެފައެވެ.
ބޮކަށް އެހާ މައްޗަށް އެރުނީ ކިހިނަކުން ހެއްޔެވެ؟

ހަޤީގަތުގައި މިވީ ގޮތަކީ ބޮކަކީ އަޑުނީވޭ ބޮކެކެވެ.އެހެންކަމުން ތިރީގައިތިބެ އެހެން ބޮއްތައް ގޮވި އެއްވެސް އެއްޗެއްގެ އަޑެއް ބޮކަކަށް ނީވެއެވެ. ބޮކަށް ހީވީ އެހެން ބޮއްތައް އޭނާޔަށް ހިއްވަރުދީ މައްޗަށް އެރުމަށް ބާރު ދެނީ ކަމަށެވެ.

މިވާހަކައިން ބުނެދޭ އެއްޗަކީ :
ތިމާގެ ހިތުގަ އަޒުމެއް ކަނޑައެޅުމަށްފަހު، ލަނޑުދަނޑި ހާސިލް ކުރުމަށް ގަދައަޅާމަސައްކަތް ކުރަމުން ދާއިރު އެކަމަށް ހުރަސްއަޅާ އެކަން ހުއްޓުވަން އުޅޭ ފަރާތްތަކުން ދައްކާއެއްވެސް ވާހަކައެއް އަޑުނާހާށެވެ. ތިބާގެ މަގުސަދުން ކަސިޔާރު ކޮށްލުމަށް، ހިތުގަ ޝައްކު އުފެއްދުމަށް އުންމީދު ނަގާލުމަށް ބަޔަކު އުޅޭނެއެވެ.އެއިން އެއްކަމަކާވެސް ނުވިސްނާ ހަމައެކަނި އަމިއްލަ މަގުސަދު ހާސިލް ކުރުމަށް ވިސްނާށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް