ކުރިއަށް އޮތް ފަސް ދުވަހު އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ގޯސްވާނެ

Loading

May 27, 2025
profile
Facebook
Twitter
WhatsApp

ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވާނެކަމަށް ބެލެވޭތީ، މޭ މަހުގެ 27ން ފެށިގެން 31އާ ދެމެދު އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.

މި ދުވަސްވަރު އެ ސަރަހައްދުގެ ކަނޑުތައް ގަދަވާނެކަމަށާއި، އަދި ބައެއް އަތޮޅުތަކަށް ވައި ގަދަވާނެކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

މީގެއިތުރުން އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްރަށަށް ވިއްސާރަކޮށް، ގުގުރުންވެސް އެކަށީގެންވާކަމަށް އެ އިދާރާއިން ބުނެއެވެ.

އެހެންކަމުން، ޚާއްޞަކޮށް ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން ދަތުރަށް ފެށުމުގެކުރިން މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

މޫސުމާބެހޭ މަޢުލޫމާތު ހޯދުމަށް ގުޅާނީ، މޫސުމާބެހޭ ޤައުމީ އިދާރާގެ ނަންބަރު 3323084އަށެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް