ރާއްޖޭގެ ތާރީޚްގައި އައި އެންމެ ދޯހަޅި ވެރިކަން :

Loading

Facebook
Twitter
WhatsApp

ރާއްޖޭގައި މިހާރު މިއޮތް ވެރިކަމަކީ ރާއްޖޭގެ ތާރީޚްގައި ވެސް އައި އެންމެ ދޯހަޅި ވެރިކަމެވެ. މިއީ ލިޔުންތެރިޔާގެ އެކަނި ޚިޔާލެއް ނޫނެވެ، މިއީ ރާއްޖޭގެ މިހާރުގެ 3/2 ތިންބައިކުޅަ ދެބައި މީހުންނަށްވުރެ ގިނަ ރައްޔިތުން ދެކޭގޮތެވެ. އަދި ބުނާ ވާހަކައެވެ.

ވެރިކަމުގައި ތިބި މީހުންނަށް މިކަން އިޙްސާސް ނުކުރެވޭނަމަ އެއީ ވެސް ސަރުކާރު ހިންގަންތިބި ބައެއްގެ ދޯހަޅި ކަމެވެ. އެހެނީ ރައްޔަތުން ފަޅީގައި ތިބެ ކުރެވޭ ވެރިކަމެއްގައި މާއަވަހަށް ވެސް ރައްޔިތުންނާއި ދުރައް ދެވިއްޖެއްޔާއި އެނގޭނެއެވެ.

މިކަން މިގޮތަށް ދިމާވީ ތަޖުރިބާ އާއި ހުނަރު އަދި ޤާބިލުކަން ނެތް ފަރާތްތައް ހިމެނޭ ސާފު ނިޔަތެއް ނެތް ޕްލެޓްފޯމެއްގެ މަތީގައި ، ސަރުކާރު އެކުލެވިފައި ވުމެވެ.
ސުވާލަކީ ޤާބިލު ނޫން ސަރުކާރެއްކަމަށް ބުނަނީ ކީއްވެ ހެއްޔެވެ؟ ފުރަތަމަ ކަމަކީ މަދުކަމެއްގައި ނޫނީ މިސަރުކާރުން ދައްކާ ވާހަކަ އާއި ޢަމަލާއި ދިމާ ނުވުމެވެ. ދިމާވާ ކަންކަމުގައި ވެސް އޮޅުވާލުމާއި ކޮރަޕްޝަނާއި ޙިމީލަތްތެރިކަމުގެ ތުހުމަތު އޮތުމެވެ.
ބޭރުފުށުން ދައްކާ ކުލަވަރު ގައި އަމާނާތްތެރިކަން ކުޑަކަން އިޙްސާންތެރިކަން ކުޑަކަން އެނގޭ އަނެއްކަމަކީ ، ދައުލަތުގެ ބަޖެޓުން ކުރެވޭ އިޝްރާފްތަކެވެ. ކޮންމެހެން ބޭނުން ނުވާ މަޝްރޫޢުތައް ދަރަނީގެ ހާލަތަށް ނުބަލައި ކުރަމުން ދިޔުމެވެ. މިކަމުގެ މިޝާލަކަށް ރަސްމާލެ ހިތްކުމާއި މާލެ ސަރަހައްދަށް މީހުން ތޮއްޖެއްސުމަށް ކުރިޔަށް ގެންދާ ސިޔާސަތެވެ. ފަށާ މަޝްރޫއުތައް ފެށުމަށް ފަހު ނުހިނގުމާއި ކުރިއަށް ނުދިޔުމާއި ގެއްލުން ބޮޑުވުމަކީ ވެސް ދޯހަޅިކަމެވެ. ދޭދޭ ފަރާތްތަކާއެކު ހެދޭ އެއްބަސްވުންތައް ކޮރަޕްޝަނަށް ތުޙުމަތު އޮންނަ ގޮތަށް ހެދުމަށްފަހު އެކަން އެގޮތަށް ކޮށްފައި ވާކަމުގެ ޙަޤީޤަތް ތިލަވެދާނެކަމަށް ހީވުމާއެކު އެއްބަސްވުންތައް ރޫޅައިލާން ޖެހުމަކީ ވެސް ދޯހަޅިކަމެވެ.

މިޝާލަކަށް އެމް.އެމް.ޓީ.ވީ ހިންގުމަށް އިމާރާތެއް ކުށްޔަށް ހިފި ގޮތާއި އެކަން ކުރަން އުޅުނު ގޮތާއި އެކަމަށް 34 މިލިޔަން ރުފިޔާ ހޭދަކުރި ގޮތަކީ ވެސް ދޯހަޅި އެހާމެ އޮޅުންބޮޅުން ބޮޑު މަސައްކަތެކެވެ. އެޗް.ޑީ.ސީ ގެ ކޮރަޕްޝަން މައްސަލަ ތިލަވުމާއި އެކަމުގައި ބައިވެރިވި މީހުންނާއި މެދު ޢަމަލު ކުރިގޮތްވެސް މެއެވެ. މިއީ ވެސް ދޯހަޅިކަމެވެ. މަސްތުވެގެން ޕާޓީ ކުރާ ޒުވާނުންގެ ދޯކާގައި ޖެހި ޒުވާނުންގެ ކަންކަމުގައި ސަރުކާރަށް ލަފާދޭ އެޑްވައިޒަރީ ބޯޑަށް ޕާޓީ ހަދާ ޒުވާނުން ޢައްޔަން ކުރުމަކީ ސަރުކާރު ގެ ދޯހަޅި ނިންމުމެކެވެ. ރައްޔިތުންގެ ނުރުހުން ހަބޭހަށް އަމާޒުވި ކަމެކެވެ. ލިމިޓެއް ނެތް ގޮތަށް ދައުލަތުގެ މުދަލާއި ފައިސާ ރައީސުލްޖުމްހޫރިއްޔާ ބޭނުން ކުރައްވާ ގޮތަށް އޮންނަ އޮތުން އިޞްލާޙް ކުރަން މިސަރުކާރުން މަސައްކަތް ނުކުރުމަކީ ވެސް ކަންކަން އިސްލާޙު ކުރުމުގެ ނިޔަތެއް ނެތްކަމެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަންގައި ސިޔާސީ ފަރާތްތައް ނުތިބޭނެ ގޮތަށް އޮނިގަނޑު ބަދަލުކުރުމަކީ 100 ދުވަހުގެ ތެރޭގައި ފުއްދަވާގޮތަށް ވެފައިވާ ބޮޑު ވަޢުދެކެވެ. އާރަށަށް 116 ދަތުރު ރައީސް ކުރެއްވައި 800,000 (އަށްލައްކަ ) އަށްވުރެ ގިނަ ފައިސާ ލޯންޗްގެ ތެލުގެ ޚަރަދަށް ހޭދަވި ކަމަށް ބުނާއިރު މާލެ އާއި އާރަށާއި ދެމެދު އޮތް ދުރުމިނާއި އެރަށަށް ދެވޭނެ ވަގުއެންމެނަށްވެސް އެނގެއެވެ. އެހެންވުމުން، ބަލާއިރު އެވަރުގެ ބޮޑު ޢަދަދެއް ޚަރަދު ވާނެތޯ ނުވަތަ ނޫންތޯ އޮޑިޓެއް ކޮށްކައްވަން ބޭނުން ނުވުމަކީ ކަރަޕްޝަނަށް އޮތް މަގު ފުޅާކޮށް ދެއްވުމެވެ.
ރައީސްގެ ރަސްމީ ހައިސިއްޔަތުން ބޭރު ދަތުރުފުޅު ތަކަށް ހޭދަކުރާ ޢަދަދު އެއީ ކޮންމެ ހެން ކުރަންޖެހޭ ޚަރަދުކަން، ނޫންކަން އޯޑިޓް ރިޕޯޓުން ސާފު ނުވުމަކީ ވެސް ދޯހަޅިކަމެވެ.
މިސަރުކާރު ގެނައުމަށް އެއް އޮޑިއެއްގައި މަސައްކަތްކުރި ގިނަ ކެޔޮޅުންނާއި، ފަޅުވެރިން ބޭރުކޮށް ބާކީކޮށް އާ ފަޅުވެރިންތަކެއް ލައިގެން (އޮޑި) ސަރުކާރު ހިންގޭތޯ ބަލާއިރު މިވެރިކަން ގެނައުމަށް އެންމެ ބޮޑު ޤުރުބާނިީއެއްވީ ގިނަ ބައެއްގެ މަތިން ހަނދާން ނައްތާލުމަކީ ، ހެޔޮލަފާ ވެރިއަކު ނުވަތަ މީހަކު ކުރާނެ ކަމަކަށް ނުވާތީ އެއީ ވެސް މިސަރުކާރުގެ ދޯހަޅިކަމެވެ. މިއީ ޕީ.ޕީ.އެމް.ގެ ސަރުކާރެއްކަން ބޮޑު މެޖޯރިޓީއެއް ދަނެއެވެ. މިއީ ޕީ.އެން.ސީ ގެ ސަރުކާރެއް ނޫނެވެ. ޑޮކްޓަރު މުއިއްޒު ކެނޑި ޑޭޓަކަށް ނެރެ ރައީސްކަމަށް ގެނައުމަށް ބޭނުންކުރީ ޕީ.ޕީ.އެމް.ގެ ބަޖެޓާއި ޕީ.ޕީ އެމް.ގެ މެންބަރުންނާއި ޕީ.ޕީ.އެމް.ގެ ބެނާތަކެވެ.
އޭގެ އިތުރުން އެބަޔަކީ މިޤައުމުގައި ތިބި ހެޔޮލަފާ މީހުންނާއި ދީނާއި
ޤައުމުގެ މިނިވަންކަމާއި ތަރައްޤީ އަށް ބޭނުންވި ރައްޔިތުންގެ މައްޗަށް ހެޔޮ އެދޭ ފަރާތްތަކެވެ.
އެހެން ނަމަވެސް ވެރިކަމަށް ވަޑައިގެންނެވުމާ އެކު ޕީ.ޕީ.އެމް ގެ ވެރިޔާ އަށާއި މެމްބަރުންނަށް ދޯކާދެއްވާ ޕީޕީއެމް އުވާލުނަކިވެސް ހެނދުނު ދޮގާއި މަކަރާއި ޙީލަތްތެރި ކަމެކެވެ. އާދޭހެވެ! ބޮޑުވެގެންވާ ދޯހަޅި ސިޔާސަތެކެވެ. މިކަން ކުރެއްވީ ޕާޓީ ހިންގުމަށް އޭރު ޙަވާލުވެ ތިއްބެވި ދެތިން ބޭފުޅަކަށް ވަޒީރުކަން ދެއްވުމަށް ފަހު ގައެވެ. އެކްޓިވިސްޓުން ކުރެ މަދު ބަޔަކަށް ވަޒީފާ ކޮޅެއް ނުބަހާ ވާހަކައެއް ނޫނެވެ.
ނަމަވެސް ގިނައީ ވެރިކަމަށް ގެނެސް ދިނުމަށް މަސައްކަތް ނުކުރާ، މަތުލަބްކީ ޔާރީ، ފަޅުވެރިންނެވެ.
އެންމެފަހު ވަގުތާއި ހަމައަށް މުޢިއްޒު ހޮވުމާއި ދެކޮޅަށް މަސައްކަތް ކުރި ކިތަމެ ބަޔަކު ވެފައި މިވަނީ ވަފާތެރިންގެ ލިސްޓްގަ ހިމެނިފައެވެ.
މިއީ އެނގިތިބެ އަމިއްލަ މަޞްލަޙަތު އިސްކޮށް ހިންގި ދޯހަޅި ސްކޭމެކެވެ. މިފަދަ ސްކޭމް ތަކުގެ ނަތީޖާ ހިތިވާނެކަށް ތާރީޚް ހެކިދިފައި ވެއެވެ.
އަނެއް ކަމަކީ އިހަވަންދިއްޕޮޅުގައި ވަރަށް އިޝްތިހާރު ޖައްސައި، ފެށި ބަންކަރިން ޚިދުމަތެވެ. އެއީ ގެއްކުން ބޮޑު އަދި އޮޅުންބޮޅުން ބޮޑު، ވާނުވާ ނޭގުނު މަޝްރޫޢުއެކެވެ. ފޮރުވިފައިވާ ކަންތައްތަކެއް ނެތްނަމަ ކުރިއަށް ގެންދެވޭނެ މަޝްރޫއެއް ކަމުގައި ބައެއް ލަފާދާރު މީހުން ބުނެއެވެ.
އެހެނަސް މިވީ އެއީވެސް ދޯހަޅިކަމުން ކުރެވުނު ބޮޑު އިޝްރާފަކަށެވެ. އެކަން ކުރަން އުޅުނު ބަޔަކަށް ފައިދާ ނުވެޔެކޭ ނުބުނަމެވެ. ޔަޤީނުން ވެސް މިއިން ކޮންމެ ކަމަކުން ދައުލަތަށް ލިބެނީ ފައިދާއަށްވުރެ ގެއްލުމެވެ. ދެން އޮތީ ދައުލަތުގެ ގކުންފުނިތައް ސަރުކާރުން ހިންގުމަށް ޤަސްދުކުރި ގޮތެވެ. ކަމުގެ ތަޖްރިބާ އާއި ޢިލްމާއި ޓިލްމު ނެތް މަބުނާގޮތް ހަދާނެ ގާތް މީހުން ކުންފުނިތައް ހިންގުމަށް ޢައްޔަނުކުރި ޖުރުމެވެ.
މިއީ ހެޔޮ ނިޔަތެއް އޮތް މީހަކު ކުރާނެ ބާވަތުގެ ކަމެއް ނޫނެވެ. އެހެނީ އެމީހާގެ އަމިއްލަ ދާއޮހޮރުވައިގެން ކޮޅަށް ޖަހާފައިވާ ކުންފުންޏެއް ނަމަ އެގޮތަށް ނުހަދާނެތީއެވެ. އެހެނީ ކުޑަވެސް ގެއްލުމެއް އަމިއްލަ ކުންފުންޏަށް ލިބޭކަށް އެކަކުވެސް ނޭދޭނެއެވެ.
ވީއިރު ރައްޔަތުންގެ ކުންފުނިތަކުން ގެއްލުން ކޮށްލަން ބޮޑުވަރިހަމަ ކޮށްލުމަކީ މީހާގެ އަމާނާތެރި ކަމެއް އަދި ތެދުވެރި ކަމެއްވެސް ނެތުމެވެ. އެހެންކަމުން މިކަމުގައި ވެސް ދޯހަޅިކަން ފެނިއްޖެއެވެ.
ޑރ. މުޢިއްޒު ގެ ރިޔާސީ ވަޢުދުތައް ވަނީ ބޮޑު ގޮތެއްގައި ލިޔެވި ފައެވެ. އެއީ ޑރ.މުޢިއްޒު ޤައުމަށާއި ރައްޔިތުންނަށް އަދާކުރަންޖެހޭ ދަރަންޏެއްކަން ކަށަވަރެވެ.
ކޮންމެ ވަޢުދަކީ ދަރަންޏެކެވެ. ޢަހުދުތަކަށާއި ވަޢުދުތަކަށް ރައްކާތެރިވުމަކީ ކޮންމެ މީހެއްގެ މައްޗަށް ދީނީ ބޮޑު ވާޖިބެކެވެ. ޑރ.މުޢިއްޒުގެ ވެރިކަމަށް ދެ އަހަރު ނިމޭއިރު މާލޭސަރަޙައްދުގައި ހިންގާ މަޝްރޫއއެއް ނޫނީ މާބޮޑު ކަމެއް ނުވަތަ މަޝްރޫއެއް ރާއްޖެ ތެރެއަކު ހިންގާ ތަނެއްވެސް ނުފެނެއެވެ.
ކުޑަ ކުޑަ މިޝާލެކެވެ. ކުޅުދުއްފުއްޓަކީ ސިޓީއެކެވެ. އެރަށުގެ އެއަރ ޕޯޓް ތަރައްޤީކުރުމުގެ މަޝްރޫއެއް ހަމަ ގައިމުވެސް ނުހިނގައެވެ.
އެމް.ޑީ.ޕީ ގެ ވެރިކަމުގައި 46 މިލިޔަން ޚަރަދު ކޮށްގެން ކުޅުދުއްފުށީ ސިޓީގައި އިމާރާތްކުރަން ފަށައި ހަމައެކަނި ތަނބުތަކާއި ބީމުތައް އަޅައި ވަށާފާރުތައް ރާނައި، ހިޔާކުރުމާއި ހަމައަށް ގޮސްފައިވާ އިންޖީނުގެ އިމާރާތާއި، ޖަލާލުއްދީން ސްކޫލުގައި އިމާރާތްކުރަން ފަށާފައިވާ އިމާރާތާއި އޭ.އީ.ސީ ގައި ހަދަން ފަށާފައިވާ އިމާރާތް ކުރިއަކަށް ނުދެއެވެ.
އެސިޓީގަ އާއި ދެންވެސް ސިޓީގެ ދަރަޖަ ދީފައިވާ އެއްވެސް ސިޓީއެއްގައި މާލެ ފިޔަވައި ކަމެއް ކުރާތަނެއް މަޝްރޫއެއް ހިންގާތަނެއް ހަމަ ނުފެނެއެވެ. އެހެން ވީއިރު ކުދި އާބާދީތައް ހިމެނޭ އާބާދީ މަދު ރަށްރަށަށް ވެފައިވާ ވަޢުދުނާމާތައް ފުއްދިދާނެ ކަމާއިމެދު ގިނަބަޔަކު ޝައްކުކުރެއެވެ. މިފާހަގަ ކޮށްލެވުނީ މި ނަޙަލާލު ސާރުކާރުގެ ދޯހަޅި ސިޔާސަތުގެ ތެރެއިން މަދު ކަމެކެވެ.
އެހެންކަމުން މިދެންނެވި ކަންކަމާއި ސަބަބުތައް މިގޮތަށް ހުރުމުން ޑރ.މުޢިއްޒު ގެ ސަރުކާރަކީ ރާއްޖެ މިހާތަނަށް ނުދެކޭފަދަ ހިންގުންތެރި ކަމެއް ނެތް ދޮގުހަދާ ރައްޔިތުންގެ މައްޗަށް ޚިޔާލު ނުކުރާ ދޯހަޅި ސަރުކާރެއްކަން ރައްޔިތުންކުރެ ގިނަ ބަޔަކަށް އިޙްސާސް ކުރެވިފައިވާކަމަށް ވެއެވެ.
މިއިން އެނގެނީ ޕީ އެޗް.ޑީ އެއް އޮތުން އެއީ ހުރިހާކަމެއް އެންމެ މޮޅަށް ދަންނަ އެންމެ އިޙްސާންތެރި އެންމެ އަމާނާތްތެރި މީހާ ކަމުގައި ނުވެދާނެކަމެވެ

Loading

11 Responses

  1. ކަނޑައެޅިގެން ދޮގެއް. ރާއްޖޭގެ ތާރީޚްގައި ފެނުނު ރައްޔިތުން ދެކެ އެންމެ ލޯބިވާ ރައީސް.

  2. 3/2 މީހުންގެ ހިޔާލު ހޯއްދެވިގޮތެއް ލިޔުންތެރިޔާ ހާމަކޮއްދެވި
    ދާނެތޯ؟

  3. ހަޤީޤަތިގައިވެސް މިވަރުގެ ގޯސްވެރިކަމެއް ދިވެހިތާރީޚް.
    ދެކިފައިނުވޭ މިދިޔައަހަރު 55ބިލިއަންރ ހެދިގޮތެއް ހަރާމުން ހަރާމް މިއަހަރުގެ މިހާތަނަށްވެސް އެއްވެސް
    ކަމެއްއަދި މޮސަރުކާރުން ނުކުރޭ!
    ކުރިކަމަށްފެންނަން ހުރި ކަމެއްނަމަ ނިމިދިޔަސަރުކާރުން
    ކުރަންފަށާ ފައިސާ ހަމަޖެހިފަ ހުރިކަމެއް!
    ނޫނީފެންނާކަށް އާކަމެއް ނެއް!
    އިހައްދުވަހުވެސް ކަށްޒާ ބުނި 800 މަސްރޫއުއެބަހިނގަޔޯ
    ބެލިބެލުމުން އެނގެނީ ބިންހިމަގަސް ގުނުމާ
    ފައިވާންސާ ފުކުރުމާ ފުޅިދޮވުމާ މާކަނާ ކަރުގެމިން ނެގުން ކަހަލަ މަސްރޫޢުތަށް
    މަށްޗަށްފެން ފެންނަންހުރިކަމެއް ނެއް!
    ހުރީ އަޑިޔަށް ފައިބާ ފޮރުވާ މަސްރޫޢު

    1. އަޑިޔަށް ނުފެންނަ ގޮތަށް މަޝްރޫޢު ފައިބަނީ ކިހިނެއްތޯ ؟

  4. ހަސަންކުރުސީ އަދި ތަސައްރަފު ނުފުދޭ
    އަޑީ ގަހުރިއެއްޗެއް ފެންނާނީ އަޑިޔަށް ބެލީމަ!
    ޑޮލަރުގެއަގުވެސް މައްޗަށް ނޭރިއެއްނު !
    އަޅުގަނޑު ބެލިން ވަރަށްބޮޑަށް ހައިރާން ވި މަތިން ނުފެނު ހުރިހާ އެއްޗެއްވެސް ފެނުނީ އަޑިން!
    ވަރަށް ބޮޑަށް ގުދައް އޮވެ ބެލީމަ ހުރިހާއެއްޗެއް
    ފެންނާނެ ! ކުރުސީވެސް ވެސް ރަނގަޅަށް ގުދައް
    އޮވެބަލާ ލަބަލަ އެކިވައްތަރު މަސްރޫޢުތަށް ފެންނާނެ!
    ފެންނަންދެކަށް ބަލަށްޗޭ!

  5. ހަސަންކުރުސީ އަދި ތަސައްރަފު ނުފުދޭ
    އަޑީ ގަހުރިއެއްޗެއް ފެންނާނީ އަޑިޔަށް ބެލީމަ!
    ޑޮލަރުގެއަގުވެސް މައްޗަށް ނޭރިއެއްނު !
    އަޅުގަނޑު ބެލިން ވަރަށްބޮޑަށް ހައިރާން ވި މަތިން ނުފެނު ހުރިހާ އެއްޗެއްވެސް ފެނުނީ އަޑިން!
    ވަރަށް ބޮޑަށް ގުދައް އޮވެ ބެލީމަ ހުރިހާއެއްޗެއް
    ފެންނާނެ!

Leave a Reply to F.abdulla Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް