މިއީ ވަރަށް އަސަރުކުރުވި ވާހަކަކޮޅެއްގެ ފެށުމެވެ.އަޅުގަނޑުމެން ހުރިހާ މައިންބަފައިންނަށްވެސް ލިބުނު ”ޖެންޓްލް ރިމައިންޑަރ“ އެކެވެ. އެހެން ކަމުން މިތާ ލިޔެލާނަމެވެ.
އެދުވަހުވެސް ކަންތައް ހިނގާ ދިޔައީ އެހެންވެސް ގިނަ ދުވަސްތަކާ އެއްގޮތަށެވެ. ފަތިހު ހޭލާ ގަޑިޖެހުމުން ބައްޕަ ދަރިފުޅަށް ގޮވަން ފެށިއެވެ.
”އަވަހަށްތެދުވޭ،ފާހާނާ ނިންމާ،ޔުނީފޯމްލާ އަވަހަށް ތައްޔާރުވޭ، އަވަސްކުރޭ ،އަވަސްކުރޭ ….“
”ނާސްތާ ކުރެވޭ ވަރަށް ވުރެމާލަސްވެއްޖެ. ޖޫސްތަށި ބޮމުން އަވަހަށް ތެދުވޭ، ގަޔަށް ނާޅާތި، އާނ ކޮބާ މިހާރު ގަޔަށް އެޅީދޯ، ތީދެން އެންމެ ފޫހިވާ ކަމަކީ ، ދެންވީ އަނެއްކާ ތިކަން ރަގަޅުކުރާކަށްނު ، ކަލެޔަށް ހަމަ އެއްކަމެއްވެސް ރަނގަޅާށް ނުކުރެވޭދޯ ؟“ ބައްޕަ އަޑު ހަރުކޮން ބުނަމުން ގެންދިޔައެވެ.
ކުއްޖާ ހުރީ ބިރުންނެވެ. އޭނާ އަށް އެއްޗެކޭވެސް ބުނާނެ ފުރުސަތެއް ނުދެއެވެ. ބައްޕާއޭ ކިޔާފަ އަނގަވެސް ހުޅުވާލާނެ ފުރުސަތެއް ނުދިނެވެ.
ސްކޫލް އަށް ދިއުމަށްފަހު ވެސް ކުއްޖާއަށް ފިލާވަޅުތަކަށް ފޯކަސް ނުކުރެވެއެވެ. އަބަދުވެސް އިނދެވެނީ ހިޔާލެއްގައެވެ.ދެރަވެފައެވެ. އެނާހިތަށް އަރައެވެ.އެހެން ކުދިން އުފަލުން ތިބޭއިރު އަހަރެން އުފާ ނުވަނީ ކީއްވެގެން ހެއްޔެވެ.
އެދުވަހު ގެއަށް އައުމަށްފަހު ބައްޕައާ ވާހަކަ ދައްކާލަން ލިބުނު ފުރުސަތެއްގައި ކުއްޖާ ހިއްވަރު ކޮށްލާފައި ބުންޏެވެ. ”މިއަދު ޓީޗަރު ބައްޕަ ކުރަނީ ކޮންމަސައްކަތެއްތޯ ސުވާލު ކުރިއެވެ. އަޅުގަނޑަށް ދޭނެ ޖަވާބެއް ނޭގުނެވެ.“
”އަހަރެން ކުރާ މަސަކަތަކީ ކުއްތާ ޓްރެއިން ކުރުމެވެ“ އިސްވެސް އުފުލާނުލާ އިނދެ ބަންޕަ ބުންޏެވެ.
”ކުއްތާތަކަށް ބައްޕަ ދަސްކޮށް ދެނީ ކޮން އެއްޗެއްތޯއެވެ.؟“
”އަމުރަށް ކިޔަމަން ވުމަށެވެ.އެއްޗިއްސަށް ގެއްލުން ނުދިނުމަށެވެ.އެއްޗިއްސާ މީހުން ހިމާޔަތްކޮށް ރައްކާތެރި ކުރުމަށެވެ.އަނދިރި މީހުން ގޮވައިގެން ތަންތަނަށް ދިއުމަށެވެ. މީހުންގެ ފުރާނަ ސަލާމަތް ކުރުމަށެވެ. ހިއްވަރު ގަދަކޮށް ކެތްތެރިވެ، އަދި ވަފާތެރިވުމަށް ދަސްކޮށްދެމެވެ.އަދި މިހުރިހާ ކަމެއް ދަސްކޮށްދެނީ ބަދަލުގައި އެއްޗެއް ލިބުމަށް އުންމީދު ނުކުރާ ގޮތަށެވެ.“
”އެގޮތަށް ޓްރެއިން ކުރަނީ ކިހިނެއްތޯއެވެ.؟“ ކުއްޖާ މަޑުމަޑުން އެހިއެވެ.
”ހަދާގޮތަކީ ކުއްތާގެ ކަރުގަ ކުޑަ ޗެއިން ކޮޅެއް އަޅުވަނީއެވެ.އަދި އަހަރެން ކުއްތާތަކާ އެއްހަމައެއްގައި ހިނގަމެވެ.ވާހަކަ ދައްކާއިރު އަޑުބާރުވިޔަކަ ނުދެމެވެ.އަދި ކުއްތާތަކަށް ގޯސްކޮން ކަމެއް ކުރެވުނު ނަމަވެސް ދެރަވާ ގޮތަކަށް ކަމެއް ނުކުރަމެވެ. ލޯބިދެމެވެ.ރުޅި އައީކީ ނޫންކަން ދައްކާ ދެމެވެ.އއީ ވަރަށް ކެތްތެރިކަމާއެކު ކުރެވޭނެ ކަމެކެވެ. ވަރަށް ކެތްތެރިވާން ޖެހެއެވެ.“
ކުއްޖާގެ ދެލޯ ކަރުނުން ފުރުނެވެ. ބާރަށް ހިންދިރުވާލިއެވެ. އަދި ބައްޕަ އާ ދިމާއަށް ބަލާލަމުން ބުންޏެވެ. އަޅުގަނޑުގެ ކަރުގައިވެސް ތިޔަކަހަލަ ޗެއިން ކޮޅެއް އަޅުވާށެވެ. އަޅުގަނޑުވެސް ބައްޕަޔާ އެކީ ކަންތައްތައް ދަސްކުރަން ބޭނުމެވެ.އަޅުގަނޑަށްވެސް ކުށެއް ކުރެވިއްޖެ ނަމަ ހަޅޭއްނުލަވާ ރަނގަޅު ގޮތް ބުނެދޭށެވެ.އަދި ފަހުން އަޅުގަނޑަށްވެސް ލޯބިދެއްވާށެވެ.އަޅުގަނޑު ގައިގައި ބައްދާލާށެވެ.އަޅުގަނޑަށް ގޯސްކޮށް ކަމެއް ކުރެވުނަސް ކެތްތެރިކަމާއެކު އޭގެ ރަނގަޅު ގޮތް ބުނެދޭށެވެ.އަޅުގަނޑުވެސް އަޅުގަނޑުމެންގެ ގެ ހިމާޔަތް ކުރާނަމެވެ. އަދި އެހެން މީހުން ބަލަހައްޓަން ދަސްކުރާނަމެވެ.އަދި އެއްދުވަހަކުން ބައްޕަގެ ލޮލުގެ ފެނުން ދިޔަ ނަމަވެސް އަޅުގަނޑު ބައްޕަގެ ލޮލަށް ވާނަމެވެ. އަވަހަށް ޗޭނުކޮޅު އަޅުވާދެއްވާށެވެ.“
މިވާހަކަކޮޅު އަޑު އެހުމަށްފަހު ބައްޕަ ރޯން ފެށިއެވެ.އަދި ދަރުފުޅު ކައިރިޔަށް ގެނެސް ގަޔާލާ ބޮނޑިކޮށްލިއެވެ.އެވަގުތު ބައްޕައާއި ދަރިފުޅާ އައު ވައްތަރެއްގެ ޗޭނަކުން ބަނދެވިގެން ދިޔައެވެ.އެ ޗޭނަކީ ލޯތްބާއި އޯގާތެރިކަމުގެ ޗޭނެވެ.އަދި ރަނގަޅަށް މަސައްކަތްކޮށްފިނަމަ ދުވަހަކުވެސް ކެނޑޭނެ ޗޭނެއް ނޫނެވެ.
އަޅުގަނޑުމެންގެ ކުދިންނަށް ވަގުތު ދޭން ޖެހެއެވެ.އަޅާލުންދޭންޖެހެއެވެ.އޯގާތެރިވާންޖެހެއެވެ. ހަޅޭއްލަވައިގެން ލޯތްބެއް ނުދެވޭނެއެވެ. ލޯބި ދެވޭނީ އަމަލުން ދައްކައިގެންނެވެ.
One Response
ވަރައް ފުރިހަމަ،