ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އަންނަ އަހަރުގެ އޭޕްރީލް މަހު ބާއްވަން ހަމަޖެހިފައިވާއިރު، އެކަމުގެ ތައްޔާރީތައް ކުރިއަށްދާކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިދާޅުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް، މުޙައްމަދު ޒާހިދު މިހެން ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައެވެ.
އޭނާ ވިދާޅުވީ ގާނޫނާއި ގަވައިދުތަކުގެ ތެރޭން، ދާއިރާތަކަށް ކެންޑިޑޭޓުން ކަނޑައެޅުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމުގެ މަސައްކަތް މިހާރު ކުރައްވަމުން ގެންދަވާ ކަމަށެވެ. މީގެއިތުރުން، ގާނޫނާއި ގަވައިދުތަކަށް ގެންނަންޖެހޭ އިސްލާހު ގެނައުމުގެ މަސައްކަތްވެސް ކުރައްވަމުން ގެންދަވާކަމަށެވެ.
އަދި މިކަމުގައި ކުރިމަތިވެފައިވާ އެންމެ ބޮޑު ދަތިކަމަކީ ޖާގައިގެ ދަތިކަން ކަމަށާއި، އެގޮތުން ބަލާއިރު އިންތިޚާބާބެހޭ މަރުކަޒުގެގޮތުގައި އިމާރާތެއް ކަނޑައެޅުމުގެ ދަތިކަން ޒާހިދު ވަނީ ފާހަގަކުރައްވާފައެވެ.
ޒާހިދު ވިދާޅުވީ މި އިންތިޚާބުގައި، ވޯޓުލުމާއި އަދި ވޯޓު ގުނުން ފިޔަވައި އެހެން ހުރިހާ ކަމެއް ޑިޖިޓަލައިޒް ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
![]()
